ޅައިމަގުގައި އީދު ފާހަގަ ކުރަން ކަފަ މާލި ހެދުނު މީހެއްގެ ގައިގަ އަލިފާން ރޯވެއްޖެ

ށ. ޅައިމަގުގައި މިއަދު ބޮޑު އީދު ފާހަގަ ކޯޑި ކުޅުނު ގަޑީގައި ކަފަ މާލި ހެދިގެން އުޅުނު މީހެއްގެ ގައިގަ އަލިފާން ރޯވެއްޖެ އެވެ. އަލިފާން ރޯވެފައިވަނީ އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނެއްގެ ގައިގަ އެވ...

21 Jul 2021 | 17:17

ށ. ޅައިމަގުގައި މިއަދު ބޮޑު އީދު ފާހަގަ ކޯޑި ކުޅުނު ގަޑީގައި ކަފަ މާލި ހެދިގެން އުޅުނު މީހެއްގެ ގައިގަ އަލިފާން ރޯވެއްޖެ އެވެ.

އަލިފާން ރޯވެފައިވަނީ އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނެއްގެ ގައިގަ އެވެ. ހާދިސާ ހިނގީ މިއަދު މެންދުރު ފަހު 3:00 ހާއިރު އެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ޅައިމަގު ކައުންސިލްގެ ރައީސް އާދަމް އަޒްމީރު ވިދާޅުވީ އަލިފާން ރޯވި މީހާގެ ހަށިގަނޑުގެ ގާތްގަނޑަކަށް 25 ޕަސެންޓު ފިހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމީހާއަށް ފަރުވާ ދެމުން ދަނީ އެ ރަށު ސިއްހީ މަރުކަޒުގައި ކަމަށެވެ.

ސިއްހީ މަރުކަޒާއި ހަވާލާދީ އަޒްމީރު ވިދާޅުވީ އިތުރު ފަރުވާއަށް އެހެން ހޮސްޕިޓަލަށް ގެންދަން ނުޖެހޭ ކަމަށާއި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

އޭނާގެ ގައިގަ އަލިފާން ރޯވީ މާލި ހެދިގެން ހުރެ ސިނގިރޭޓެއް ރޯކުރަން އުޅުމުގެ ތެރޭގައި އެވެ. އޭނާއަށް ސިނގިރޭޓު ރޯކޮށްދިން ކަމަށް ވަނީ އެހެން މީހެކެވެ.

ކަފަތަކުގައި އަލިފާން ހިފުމާއި އެކު އޭނާ ވަނީ ބަންޑުން ބިންމަތީގައި އޮށޯވެ، މޭމަތީގައި ހުރި ކަފަތަކުގައި ރޯވި އަލިފާން ނިވާލާފަ އެވެ. އެހެންވެ ބޮޑަށް ފިހިފައިވަނީ އެމީހަގެ ބުރަކަށްޓެވެ.

މި ހާދިސާގައި އިތުރު މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް