ކޯވިޑް-19އަށް އިތުރު144 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު އަތޮޅުތެރެއިން72 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. މާލެއިން36 މީހުން ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުންވެސް ކޯވިޑް ޖެހިފައިވަނީ36 މީހުންނަށެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 6،138 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާދެމުން ދަނީ 2،571 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 12 މީހުންނަށެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 73،531 އަށް އަރާފައި އެވެ.
އަދި މަލީގައި މިހާތަނަށް މަރުވެފައިވަނީ 218 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 76،332 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް