ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ހަތަރު މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ ...

21 Jul 2021 | 15:36

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލާފައިވަނީ މިދިޔަ މެއި މަހުގެ ހަވަ ދުވަހުގެ ރޭ ގެއިން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ. މި މައްސަލައިގަ އަށް މީހަކު ހައްޔަރު ކުރުމަށް ފަހު އެކަކަު ވަނީ ދޫކޮށްލާފައި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭގެ ތެރެއިން ހަތަރު މީހަކަށް ދައުވާ ކޮށްދިނުމަށް ފުލުހުން އެދުނީ މިއަދު ކަމަށެވެ. ޝަމީމް ވިދާޅުވީ، އެ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމާ މެދު 15 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

ދައުވާ ކުރަން ފޮނުވި ހަތަރު މީހުންގެ އިތުރުން މިހާޜު ފުލުހުންގެ ބަންދުގައި ތިބި މީހުން ހައްޔަރު ކޮށްފައިވަނީ ނަޝީދަށް ދިން ހަމަލާއަށް ފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގެ ތެރެއިންނެވެ. ޝަމީމް ވިދާޅުވީ އެ މީހުންގެ ތަހުގީގު ވެސް ކުރިއަށް ގެންދާ ކަމަށެވެ.

އަދި ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު އަންނަ ހޮނިހިރު ދުވަހު ބާއްވާ މީޑިއާ ބްރީފިންގައި ހިއްސާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

https://twitter.com/HuShameem/status/1417818393898520576

މި މައްސަލައިގަ ދައުވާ ކުރަން ފޮނުވި ހަތަރު މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހު އެވެ. އެމީހުންނާއި ދެކޮޅަށް ދައުވާ ކުރަން ވަރަށް އަވަހަށް ފޮނުވާނެ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް