ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަށް އަދިވެސް ލުއި ދީފައިނުވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުނ ްފާޅުކުރައްވައިފިއެވެ.
އިންޑިއާގެ ނޫހެއް ކަމަށް ވާ "ވިއޯން" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ، ޗައިނާގެ ނުފޫޒު ރާއްޖެއަށް ރާއްޖެއަށް ކުޑަކުރުމަށް އެންމެ ފުރަތަމަވެސް ކުރި ކަމަކީ ޗަައިނާއަށް ދަރާފައިވާ މިންވަރު އިތުރަށް ބެލުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ޗައިނާގެ ކުންފުނިތަކާއި ބޭންކުތަކުގެ އިތުރުން އެ ގައުމުގެ ސަރުކާރަށް ދަރާފައިވާ އަދަދު ބަލަން މަޖިލީހުން ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ދަރަނިތައް ރީސްޓްރާ ކުރަން އެދުނިމާ ވެސް ލުއި ނުދޭކަން ނަޝީދު ފާހަގަކުރެއްވިއެވެ.
މިހާރު ދިމާވެފައިވާ އިގްތިސާދީ ދަތިކަމާއި ހެދީ ޗައިނާއަށް ދަރާފައިވާ އަދަދު ދެއްކުން ވެގެންދާނީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ.
ރާއްޖެއިން ނަގާފައިވާ ލޯނުތައް ފަސްކޮށްދޭން ޗައިނާއިން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް