ލޯބިވެރިޔާ ކައިވެންޏަށް ހުށަހެޅުމުން ދުވެ ފިލައިފި!

އެތައްހާސް މީހުންތިބި ސްޓޭޑިއަމްއެއްގައި ފިރިހެނަކު އޭނާގެ ލޯބިވެރިޔާގާތު އިންނަން އެހުމުން، އެ އަންހެން މީހާވަނީ ދުވެވުނު އެންމެ ބާރަށް ދުވެ ފިލައިފައެވެ. ފިރިހެން މީހާ ހުރީ މީގެ ސަބަބުން ހުއްޓުން އަ...

21 Jul 2021 | 10:55

އެތައްހާސް މީހުންތިބި ސްޓޭޑިއަމްއެއްގައި ފިރިހެނަކު އޭނާގެ ލޯބިވެރިޔާގާތު އިންނަން އެހުމުން، އެ އަންހެން މީހާވަނީ ދުވެވުނު އެންމެ ބާރަށް ދުވެ ފިލައިފައެވެ.

ފިރިހެން މީހާ ހުރީ މީގެ ސަބަބުން ހުއްޓުން އަރާ ލަދުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

ދާދިފަހުން އެމެރިކާގައި އޮތް ބޭސްބޯލް މެޗެއްގެ ތެރެއިން ފިރިހެން މީހާ ލޯބި ހުށައެޅުމަންޒަރު ވަނީ ހަނދާނަކަށް ފޮރުމުނުގެ ނިޔަތުގައި ރިކޯޑްކޮށްފައެވެ. ނަމަވެސް ކަންވީ އޭނާ އުންމީދު ކުރިގޮތާއި ޚިލާފާށެވެ.

މިކަމެއްވުމުގެ ކުރިން ދެމީހުން ދިޔައީ ވަރަށް މަޖާ ކުރަމުންނެވެ.

https://www.instagram.com/p/CRXpTlgpQDT/?utm_source=ig_embed&ig_rid=9a205567-795b-4dd3-9684-1a1f918d5515

ސްޓޭޑިއަމްގައި ހުރި ބޮޑު ސްކްރީނުންވެސް އެފިރިހެން މީހާ ކުޑަ ކަކޫ މައްޗަށްތިރިވެ އަނގޮޓި ދިއްކުރާ މަންޒަރު ފެނެއެވެ.

މި އަންހެން މީހާ ދުވެ ފިލި އިރު ހީވަނީ ޖިންނިއެއް ފެނިގެން ދިޔަހެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް