ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބުވީ އެމްޑީޕީގެ ސަރުކާރާ ހެދި: ނަޝީދު

އެންމެ ފަހުން އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ, ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނާކާމިޔާބީއ...

21 Jul 2021 | 10:31

އެންމެ ފަހުން އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ, ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ސަރުކާރުގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މި ފަދައިން ވިދާޅުވީ އިންޑީއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މާލެ ސިޓީ ކައުންސިލުގެ އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބުވި ވަކި ސަބަބެއް އެބަ އޮތްތޯ އެ ނޫހުން ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ, އެމްޑީޕީން ގަބޫލުކުރާ ކަންކަމާއި ސިޔާސަތުތަކާ ދުރުވެ, މައިނޯރިޓީގެ ވިސްނުމަށް ތާއީދު ކުރާނަމަ, އެކަން އާންމުންނަށް އެނގޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ, އިންތިހާބުގައި ލިބުނު ނާކާމިޔާބީ އަކީ އެމްޑީޕީގެ ލީޑާޝިޕަށް, ޕާޓީގެ މެމްބަރުން ދިން ސާފު މެސެޖެއް ކަމަށެވެ. އަދި އެކަންކަން ރަނގަޅު ކުރަން ސަރުކާރުން އަވަސްވެ ގަންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް އެންމެ ބޮޑު ނާކާމިޔާބީއެއް ލިބުނީ އެޕާޓީން އަބަދުވެސް ކޮންޓްރޯލް ކުރަމުން އައި މާލެ ސިޓީންނެވެ. އެގޮތުން މާލޭގެ މޭޔަރުގެ ގޮނޑިއާއެކު އިދިކޮޅު މައި ޕާޓީ, ޕީޕީއެމުން މާލޭގެ ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް