ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާ އޮރިޔާން ފިލްމު އުފައްދާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ މިމަހުގެ 19 ވަނަ ދުވަހު އެވެ.
އޭނާ އާއިއެކު މި މައްސަލައިގަ އޭނާގެ އައިޓީ ހެޑުވެސް ހައްޔަރުކޮށްފައިވެ އެވެ. އިންޑިއާގެ މުމްބާއީ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވަނީ އޭނާ އާއި ދެކޮޅަށް އެކަށީގެންވާ އަދި ކުށް ސާބިތު ކުރެވޭވަރުގެ ހެކި އެބަހުރި ކަމަށެވެ.
މި މައްސަލައިގަ ހިމެނޭ އެންމެ އިސް މީހާގެ ގޮތުގައި ރާޖް ހިމެނި އޭނާގެ އައިޓި ހެޑް ހައްޔަރު ކުރުމަށް ގިނަ ބަޔަކު ވަނީ އޮރިޔާން ފިލްމު އުފެއްދުމުގައި ރާޖްގެ އަންހެނުން ޝިލްޕާގެ ބައިވެރިވުން ވޭތޯ ސުވާލުކޮށްފައި އެވެ. ނޫސްވެރިން އެ ސުވާލު ކުރުމުން ފުލުހުން ބުނެފައިވަނީ މިހާތަނަށް ޝިލްޕާގެ އަތެއް ނުވަތަ ބައިވެރިވުން އެކަމުގައި ވާކަމުގެ ހެތްކެއް ފެނިފައި ނުވާ ކަމަށެވެ.
އެކަމަކު ޝިލްޕާގެ ބައިވެރިވުން އޮތްތޯ ބަލަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ. ފުލުހުން ވަނީ ރާޖްގެ އޮފިސް ބަލާ ފާސްކޮށް ލެޕްޓޮޕް އަދި ކޮމްޕިއުޓަރުތަކުން އޮރިޔާން ފިލްމުތަކުގެބައެއް މަންޒަރު ހުރި ބައެއް ފައިލްތައް ހޯދާފައި އެވެ.
މި މައްސަލައިގަ މިހާތަނަށް 11 މީހަކު ހައްޔަރު ކޮށްފައިވެ އެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި ރާޖް ކުންދުރާ އިސްކޮށް ހުރެ އިންޑިއާގައި އުފައްދާ އޮރިޔާން ފިލްމުތައް ދައުރު ކުރަނީ އިނގިރޭސިވިލާތުގެ ލަންޑަނަށް ނިސްބަތްވާ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ކަމެވެ.
މި މައްސަލައިގަ އެ އެޕްލިކޭޝަން ވަނީ އިންޑިއާގައި ބްލޮކް ކޮށްފައިވެ އެވެ.
މި މައްސަލަ ފެންމަތިވުމާއި އެކު ޝިލްޕާ ވަނީ އޭނާ ޖަޖްކަން ކުރާ ސޮނީ ޓީވީން ދައްކާ "ސުޕާ ޑާންސް4" ގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް