ބައެއް މީހުން ހީކުރަނީ އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެންޏަކީ ނަމޫނާއެއް ކަމަށެވެ.
އެމީހުން ދިރިއުޅެނީ ޖާދުވީ ދިރިއުޅުމެއްގައި، ކެލިފޯނިއާގައެވެ. އަލަތަށް ފިރިހެންދަރިއަކު ލިބިފައިވާ އިރު، ހަގަށް ލިބުނީ އަންހެން ދަރިއެކެވެ. މިދެމީހުން މިހާ ލޯބިން އުޅޭތަން އާންމުންނަށް ފެންނަ އިރު މިއީ ހަމަ އަސްލަށްވެސް ހަގީގަތެއްބާއެވެ؟
ހެރީއާއި އޭނާގެ އާއިލާއާއި ދުރުވީ މޭގަންގެ ސަބަބުންތާ؟
ޕްރިންސް ހެރީ އާއި ވިލިއަމްގެ ގުޅުމަށް މިވަނީ ވަރަށް ބޮޑު ދުރު ކަމެއް އައިސްފައެވެ. އެއީ އަދި އެދެމީހުންގެ ތެރެއިން އެކެއްގެ އަތްނބެއްގެ ސަބަބުންނެވެ. 2017 ވަނަ އަހަރުން ފެށިގެން ހެރީ އަންނަނީ ކުދި ކުދި ގިނަ ކަންކަމުގައި ވިލިއަމްއާއި ހަނގުރާމަ ކުރަމުންނެވެ.
ހެރީ ގަބޫލުކުރަނީ މޭގަން އެ އާއިލާއަށް ޝަރަފާއި އިއްޒަތާ އެކު ގެންނަން ވިލިއަމް ބޭނުންނުވަނީއެވެ. އަދި އެމީހުންގެ އިތުރު ވަމުން އަންނަ ލޯބީގެ އަގު ވިލިއަމް ވަޒަން ނުކުރަނީ ކަމަށެވެ. މިއީވެސް މޭގަންގެ ސަބަބުންވި ކަމެއްބާއެވެ؟ މި ހުރިހާ ކަންކަމެއްގައި ހެރީއަށް ގޯސް ވިސްނުން ވިސްނުމަށް މަޖުބޫރު ކުރަނީ މޭގަން ހެއްޔެވެ؟
ކޭޓް އާއި ވިލިއަމް ކައިވެނި ކުރީ އެއްކޮށް އުޅޭތާ 10 ވަރަކަށް އަހަރު ފަހުންނެވެ. ނަމަވެސް މޭގަން އާއި ހެރީ ކައިވެނި ކުރީ 16 މަސް އެކަކު އަނެކަކާއެކު އުޅެފައެވެ. މިހާ ކުޑަދުވަސް ކޮޅެއް ހެރީ އާއި މޭގަން އެކުގައި ހޭދަކުރުމުން އެކަކު އަނެކަކު ދަސްނުވެ ކުރިން ހިތާވެގެން އުޅުނު މީހާ ކައިރިއަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ގިނަ ބަޔަކު ދެކެއެވެ. މޭގަން ވަނީ މީގެ ކުރިން ރުޅިވި ލޯބިވެރިޔަކާ އަލުން ގުޅިފައެވެ.
މޭގަންގެ ސަބަބުން ހެރީ ވަނީ އެކަނިވެރި ވެފައެވެ. އާއިލާއާއި ގުޅުން ކެނޑި ރައްޓެހިންނާއި ވެސް ދުރުވެފައެވެ. ހެރީ އަށް ގިނަ ކަންކަމުގައި މޭގަންގެ ނުފޫޒު ފޯރުވާކަން މީޑިއާތަކުން ބުނެއެވެ. މޭގަން ބޭނުން ވަނީ ހެރީއަށް ކޮންގޮތެއް ހަދަން ކަމެއް އެއްވެސް މީހަކަށް ބުނެދޭކަށް ނޭނގެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް