ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕަޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދާއި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އެމްޑީޕީން ވަކިކުރަން އެމްޑީޕީ ވޭމަންޑޫ ގޮފިން ގޮވާލައި ބަޔާނެއް ނެރެފިއެވެ.
އެމްޑީޕީގެ ބައެއް ގުނަވަންތަކުންނާއި ބައެއް ގޮފިތަކުން ނަޝީދަށް ތާއީދުކޮށް ބަޔާންތައް ނެރެމުން ގެންދަނިކޮށް ވޭމަންޑޫ ގޮފިން ނެރުނު ބަޔާނެއްގައި ބުނީ އިދިކޮޅު ޕީޕީއެމާ ގުޅިގެން ސަރުކާރާއި ދެކޮޅަށް ކޯލިޝަން ހަދަން ގޮވާލި ޕާޓީގެ ރައީސް ނަޝީދާއި ޗެއާޕާސަން ހަސަން ލަތީފު، މީގެ ކުރިން ރީކޯ މޫސައާއި އަލްހާން ފަހުމީ ޕާޓީން ވަކިކުރި އުސޫލުން އެމްޑީޕީން ވަކިކުރުމަށް ގޮވާލާ ކަމަށެވެ.
ބަޔާނުގައި ބުނީ އެމްޑީޕީގެ އަސާސްތަކަށް އިހުތިރާމުކޮށް ޕާޓީގެ އެންމެ އިސްލީޑަރަކީ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަމަށެވެ. އަދި ދެވަނަ ދައުރެއް ބޭނުންވާނަމަ ރައީސް ޞާލިހަށް، އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ޕްރައިމަރީއާ ނުލާ ޓިކެޓް ދޭންޖެހޭ ކަމަށެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި މިއީ ނަޝީދާއި ދެކޮޅަށް މިހާތަނަށް އެމްޑީޕީގެ ގޮތްޕަކުން ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް