ވަޒަން ބޭރު ކުރަން އުޅުނު މީހާ ރާއްޖެ ނާދެވޭ ގޮތަށް ގައުމުން ބޭރުކޮށްލަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަޒަންތަކެއް ހިފައިން ރާއްޖެއިން ފުރުމަށް މަސައްކަތް ކުރި ނެމީބިޔާގެ މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައި އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލަން ނިންމައިފި އެވެ. އުމުރ...

21 Jul 2021 | 09:04

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަޒަންތަކެއް ހިފައިން ރާއްޖެއިން ފުރުމަށް މަސައްކަތް ކުރި ނެމީބިޔާގެ މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައި އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ފޮނުވާލަން ނިންމައިފި އެވެ.

އުމުރުން 60 އަހަރުގެ އެ މީހާގެ އަތުން ވަޒަން ފެނުނީ މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނެވެ. ވަޒަންތައް ފެނުނީ ފުރަން ދާ މީހުން ޗެކް ކުރުމުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށެވެ. އެ މީހާގެ އަތުން ފެނުނީ ކޮން ބާވަތެއްގެ، ކިހާ އަދަދެއްގެ ވަޒަންތަކެއްކަން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެމީހާ ހަވާލުކޮށްފައި ވަނީ ފުލުހުންނާ އެވެ. ފުލުހުންގެ ބެލުމުގެ ދަށުން އެ މީހާ ކޯޓަށް ހާޒިރުކޮށް ތިން ދުވަހުގެ މުއްދަތައް ބަންދު ކުރި އެވެ. އެ މުއްދަ މި މަހުގެ 14 ވަނަ ދުވަހު ހަމަވުމުން އޭނާ ފުލުހުން ބަންދުން ދޫކޮށްލައި ޑީޕޯޓް ކުރުމަށްޓަކައި އިމިގްރޭޝަން ޑިޕާޓްމަންޓާ ވަނީ ހަވާލުކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް