މުޅި މާލެއިން ކަރަންޓު ކެނޑިފައި

މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ އެވެ. މާލެިން ކަރަންޓު ކެނޑިފައި މިވަނީ ގްރޭޑާ މާލޭ ގްރިޑް ޕްރޮޖެކްޓުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެ އާއި މާލެގެ ކަރަންޓު އެއް ވިއުގ...

21 Jul 2021 | 07:16

މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ އެވެ.

މާލެިން ކަރަންޓު ކެނޑިފައި މިވަނީ ގްރޭޑާ މާލޭ ގްރިޑް ޕްރޮޖެކްޓުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެ އާއި މާލެގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލާފައިވާއިރު މިހާރު ކުރަމުން ދަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ސްޓެލްކޯއިން ވަނީ އެ ޕްރޮޖެކްޓުގެ އެންމެ ފަހުގެ މަސައްކަތް ކުރަމުން ދާއިރު މިއަދުން ފެށިގެން އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަން ދުރާލާ އާންމުންގެ ސަމާލު ކަމަށް ގެނެސްފައި އެވެ.

ސްޓެލްކޯއިން ބުނީ މުޅި މާލެއިން މިވަގުތ ކަރަންޓު ކެނޑިފައި ވީނަމަވެސް ގަޑިއެއްހާއިރު ތެރޭގައި އަލުން ކަރަންޓު ދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް