ސަމާލުވޭ! ރާއްޖޭގައި ނަސާރާ ދީން ފެތުރުމުގެ މަސައްކަތް ކުރަނީ!

"ކިތާބުލް މުގައްދަސް ދިވެހި" ނަމުގައި ފޭސްބުކް ޕޭޖެއް ހަދައިގެން ރާއްޖޭގައި ނަސާރާ ދީން ފެތުރުމުގެ މަސައްކަތް ކުރަމުން އެބަ ދެއެވެ. މި ޕޭޖުގައި ހިމެނޭ ގިނަ ކޮންޓެންޓަކީ "ބައިބަލް"ގެ ދިވެހި ތަރުޖަމާއެވ...

21 Jul 2021 | 06:16

"ކިތާބުލް މުގައްދަސް ދިވެހި" ނަމުގައި ފޭސްބުކް ޕޭޖެއް ހަދައިގެން ރާއްޖޭގައި ނަސާރާ ދީން ފެތުރުމުގެ މަސައްކަތް ކުރަމުން އެބަ ދެއެވެ.

މި ޕޭޖުގައި ހިމެނޭ ގިނަ ކޮންޓެންޓަކީ "ބައިބަލް"ގެ ދިވެހި ތަރުޖަމާއެވެ. މި ޕޭޖަށް ނޭނގުމެއްގެ ތެރޭގައި ގިނަ ދިވެހިންތަކެއް ފޮލޯކުރަމުން ދާއިރު، ބައެއް މީހުން ދަނީ ޕޯސްޓްތައް ޝެއާރކޮށް އިތުރަށް ޕޭޖް ޕްރޮމޯޓްކުރަމުންނެވެ.

މި ޕޭޖާ ދެކޮޅަށް ދިވެހި ޒުވާނުންތަކެއް އިސްވެ ވަނީ މީސްމީޑީއާގައި ކެމްޕެއިނެއް ވެސް ފަށާފައެވެ.

މި ކެމްޕެއިންގައި ގޮވާލަމުން ދަނީ އެ ޕޭޖް އަންލައިކް ކުރުމަށާއި ޕޯސްޓްތައް ޝެއާރ ނުކުރުމަށް އަދި ފޮލޯކުރެވިފައި ވާ ނަމަ އަންފޮލޯ ކުރުމަށް ފަހު ޕޭޖް ބްލޮކް ކުރުމަށެވެ.

މި މައުލޫމާތު ގިނަ ބަޔަކަށް ހިއްސާކޮށް ހޭލުންތެރި ކުރުމަށް އެ ޒުވާނުން ދަނީ މަަސައްކަތް ކުރަމުންނެވެ.

ދިވެހިރާއްޖޭގައި ނަޞާރާ ދީން ފެތުރުމުގެ މަސައްކަތް ދަނީ ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. މި މީހުން އެ މަސައްކަތް ކުރަމުންދަނީ "އިންސްޕިރޭޝަނަލް ފިލްމްސް" އިން ތައްޔާރުކޮށްފައިވާ "އީސާގެފާނުގެ ވާހަކަ" މި ފިލްމަށް ދިވެހި ބަހުން އަޑުއަޅައިގެންނެވެ. ދެ ގަޑިއިރުގެ މި ފިލްމުން ފެނިގެންދަނީ އަދި އިވެނީ ދިވެހި ބަހުން އަޑުއަޅާފައިވާ އިސްލާމް ދީނާ ތައާރަޟުވާ މަންޒަރުތަކާއި ވާހަކަތަކެކެވެ. އަދި ނަޞާރާ ދީން ގަބޫލުކުރާ މީހުންގެ ފޮތް ކަމަށްވާ "ބައިބަލް" ގެ އިނގިރޭސި އޯޑިއޯވެސް ބޭނުންކޮށްފައިވެއެވެ.

މީގެ އިތުރުން ނަޞާރާ ދީން ފެތުރަމަށް މަސައްކަތް ކުރަމުންދާ މީހުން ވަނީ ބައިބަލްގެ އެންޑްރޮއިޑް އެޕްލިކޭޝަނެއްވެސް ދިވެހިންގެ މެދުގައި ފަތުރަން މަސައްކަތް ކޮށްފައެވެ. މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ ބައިބަލްގެ އޯޑިއޯވެސް އަޑުއެހޭ ގޮތަށްކަން ފާހަގަކުރެވިފައި ވެއެވެ.

ފޭސްބުކާއި ޔޫޓިއުބުގައި ވެސް ވީޑިއޯ އާއި އޯޑިއޯ ވަނީ އާންމުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް