އަދިތްޔާ ބައްޕައަކަށް ވާން އުޅޭ ކަމުގެ އިޝާރާތެއް!

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދިތްޔާ ނަރަޔަން ބައްޕައަކަށް ވާން އުޅޭކަމުގެ ކޮށްފި އެވެ. އޭނާ ޓީވީ ޝޯތައް ހުށަހަޅައިދިނުން ހުއްޓާލަން ނިންމި ނިންމުމާއި ގުޅޭގޮތުން ދިން އިންޓަވިއުއެއްގައި ބުނީ ...

21 Jul 2021 | 06:11

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދިތްޔާ ނަރަޔަން ބައްޕައަކަށް ވާން އުޅޭކަމުގެ ކޮށްފި އެވެ.

އޭނާ ޓީވީ ޝޯތައް ހުށަހަޅައިދިނުން ހުއްޓާލަން ނިންމި ނިންމުމާއި ގުޅޭގޮތުން ދިން އިންޓަވިއުއެއްގައި ބުނީ އެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވިޖެ ކަމަށެވެ. އަދި ޓވީ ޝޯތައް ހުށަހަޅައި ދިނުމުގައި ހޭދަ ކުރި15 ވަރަކަށް އަހަރު އާންމުންގެ ފަރާތުން ލިބުނު ލޯތްބާއި ސަޕޯޓާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

އެ އިންޓަވިއުގައި އަދިތްޔާ ބުނީ ޓީވީ ޝޯތައް ހުށަހެޅުން ހުއްޓާލާނީ އަންނަ އަހަރު ކަމަށެވެ. އަދި އޭރަށް ވާއިރު އޭނާ ބައްޕައަކަށްވެސް ވެދާނެ ކަމަށް ބުނެފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާ ޓީވި ޝޯތައް ހުށަހަޅައި ދިނުން ހުއްޓާލަން ނިންމާފައިވަނީ އަންހެނުން ޝްވެތާ އަގަރްވާލް ވިހަން ވާއިރަށެވެ. އެކަމަކު ބައްޕައަކަށް އަންނަ އަހަރު ވެދާނެ ކަމަށް ބުނެ ހިނިތުން ވެލުން ފިޔަވާ އިތުރު ތަފްސީލް ހާމައެއް ނުކުރެ އެވެ.

އަދިތްޔާ މިހާރު ހުށަހަޅައި ދެމުން ދަނީ ސޮނީ ޓީވީން ދައްކާ " އިންޑިއަން އައިޑޮލް" އެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރު ވެފައިވަނީވެސް އެ ޝޯ ހުށަހަޅައި ދީގެންނެވެ.

އަދިތްޔާ އާއި ޗްވެތާ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ10 އަހަރު ފަހުންނެވެ. އަދިތިޔާ މީޑިއާގައި ބުނީ އެ ދެމީހުން ދިމާވީ މީގެ 10 އަހަރު ކުރިން ފިލްމު “ޝާޕިތް” ގެ ސެޓުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް