އައްޑޫ ސިޓީ މޮނީޓަރިން ހާލަތު އުވާލިނަމަވެސް ހާއްސަ އުސޫލުތަކެއް

ކޯވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ އުވާލި ނަމަވެސް. އަމަލުކުރަން ޖެހޭ ހާއްސަ އުސޫލުތަކެއް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ޢާންމުކޮށްފިއެވެ. އެ ގޮތުން: މ...

21 Jul 2021 | 05:25

ކޯވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އައްޑޫ ސިޓީގެ މޮނިޓަރިންގ އުވާލި ނަމަވެސް. އަމަލުކުރަން ޖެހޭ ހާއްސަ އުސޫލުތަކެއް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ޢާންމުކޮށްފިއެވެ.

އެ ގޮތުން:

  1. މާލެއިންނާއި މޮނިޓަރިންގ ޙާލަތުގައިވާ ރަށްރަށުން އައްޑޫ އަށް ދަތުރުކުރައްވާއިރު ޙާލުބެލުން ޕޯޓަލްގައި ރަޖިސްޓްރީވެ ހުއްދަލިބިގެން ދަތުރުކުރުން،
  2. ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުނުން އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޚިދުމަތް ދިނުން،
  3. ޢާންމު މައިދާންތަކާއި ޕާކުތަކުގައި ގިނަމީހުން އެއްވެ ނޫޅުން އަދި އެފަދަ ތަންތާގައި އުޅުމުގައި ގައިދުރުކަން ބެހެއްޓުން،
  4. ގެއިން ބޭރުގައި އުޅޭ ވަގުތުތަކުގައި މާސްކު އެޅުއްވުން،
  5. ބޯކޮށާ ތަންތަނާއި ސެލޫން ތަކުން އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޚިދުމަތް ދިނުން،
  6. ޖިމް އަދި ފިޓްނަސް ސެންޓަރުތަކުން އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޚިދުމަތް ދިނުން،
  7. ކުޅިވަރު މުބާރާތްތައް ނުބޭއްވުން އަދި ކުޅިވަރު ކުޅުމުގައި އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުކުރެއްވުން.

މި އުސޫލުތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ އަމަލުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް