މާފުށީ އަންހެން ކައުންސިލަރަކަށް ފިރިހެނަކު ހަމަލާ ދީފި

ކ. މާފުށީގައި އަންހެން ކައުންސިލަރަކަށް މީހަކު ހަމަލާ ދީފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ހަމަލާ ދީފައިވަނީ އެ ރަށަށް ގޮސް އުޅުނު ފިރިހެނެއް ކަމަ...

21 Jul 2021 | 05:07

ކ. މާފުށީގައި އަންހެން ކައުންސިލަރަކަށް މީހަކު ހަމަލާ ދީފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. ހަމަލާ ދީފައިވަނީ އެ ރަށަށް ގޮސް އުޅުނު ފިރިހެނެއް ކަމަށް މައުލޫމާތު ލިބިފައިވާއިރު ހަމަލާ އަމާޒުވެފައިވަނީ ކައުންސިލު މެންބަރު ފާތިމަތު ނަޝާހާއަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ މީހާ ހަމަލާދިނީ އުލަކުން ކައުންސިލަރު ނަސާހާގެ ބުރަކަށްޓަށެވެ. ނަމަވެސް މާ ބޮޑު ޒަހަމެއް ނުލިބޭ ކަމަށް މައުލޫމާތު ލިބެއެވެ.

ހަމަލާ ދިން މީހާ ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވީނަމަވެސް ފުލުހުން ބުނެފައިވަނީ މިފަދަ ކަމެއްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް