ދ. މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ސިޔާމް މުހައްމަދުގެ ރިސޯޓެއްގައި ސްވިމިން ޕޫލަކަށް އެރުނު ފަސް އަހަރުގެ ފިރިހެން ކުއްޖަކު އިއްޔެ މަރުވެއްޖެއެވެ
"ވަގުތު" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ ފަސް އަހަރުގެ ކުއްޖެކެވެ. އެކުއްޖާ ސްވިމިން ޕޫލަށް އެރުނީ އޭނާގެ ބައްޕަ އާއިއެކުއެވެ. ނަމަވެސް އެއީ ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ސްވިމިންޕޫލެއް ނޫން ކަމަށް ވެއެވެ.
ހާދިސާ އެނގޭ ފަރާތަކާ ހަވާލާދީ އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކުއްޖާ މަރުވީ ސްވިމިން ޕޫލްގެ މައްޗަށް އެރުމަށް ފަހު ސްވިމިން ޕޫލްތެރެއަށް އެތައް ފަހަރަކު ފުންމައި ވެސް ހެދުމަށް ފަހު މާސްކެއް އަޅައިގެން ސްވިމިން ޕޫލަށް އެރުނު ފަހުންނެވެ.
އެ ކުއްޖާ ޕޫލަށް އެރުނީ ލޮލާއި ނޭފަތާއި އަނގަ އެއްކޮށް ނިވާ ވާގޮތައް ހުންނަ ވަށް މާސްކެއް އަޅައިގެން ކަމަށް ވެއެވެ.
ކުއްޖާ މަރުވި ސަބަބެއް މިހާ ތަނަށް އެނގިފައި ނުވާއިރު، ކުއްޖާ މަރުވީ ސީދާ ސަން ޝިޔާމްގެ ކޮން ރިސޯޓެއްގައި ކަމެއް ވެސް އަދި ސާފެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް