ނ. އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ދޭން ފަށައިފި އެވެ.
މަނަދޫގައި ހުންނަ މި ހޮސްޕިޓަލުގައި ރަސްމީކޮށް އެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހިދުމަތް ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމެވެ. ނ. އަތޮޅު ހޮސްޕިޓަލަކީ އަތޮޅު ހޮސްޕިޓަލް ތަކުގެ ތެރެއިން މި ހިދުމަތް ދޭން ފެށި ފުރަތަމަ ހޮސްޕިޓަލެވެ.
ހެލްތް މިނިސްޓްރީން ބުނީ މާލެ ފިޔަވާ ރާއްޖޭގެ އެކި ސަރަހައްދުގައި ހުރި ފަސް ހޮސްޕިޓަލަކުން މިހާރު ޑައިލިސިސްގެ ހިދުމަތް ލިބޭނެ ކަމަށެވެ. ނ. އަތޮޅު ހޮސްޕިޓަލްގައި ޑައިލިސިސްގެ ހިދުމަތް ދިނުމަށް ދެ މެޝިން ބޭނުން ކުރާނެ އެވެ.
ނ. އަތޮޅުގައި ޑައިލިސިސް ހަދާ 25 މީހަކު ތިބި ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް