މިއަދު އިދިކޮޅު ފަރާތްތަކުން އެމްޑިޕީ ހަރުގެ ކައިރީ ބޭއްވި އެއްވުމުގައި ހައްޔަރު ކުރި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ދޫކޮށްލައިފި އެވެ.
ފުލުހުން މިކަން ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ. އެކަމަކު އެ ދެބޭފުޅުން ދޫކޮށްލި ސަބަބު ހާމައެއް ނުކުރެ އެވެ.
އެ ދެބޭފުޅުންގެ އިތުރުން މިއަދުގެ އެއްވުމުގައި ހަތަރު މީހުން ހައްޔަރު ކުރި އެވެ. އެމީހުން ދޫކޮށްލި ކަމެއްވެސް އަދި ނޭނގެ އެވެ.
ފުލުހުން މިއަދު ހައްޔަރު ކުރި ކުރުމާއި ގުޅޭގޮތުން މިހާތަނަށް އާޒިމް އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު އަލީ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ އާއިމެދު ހަމްދަރުދީ ފާޅު ކުރެއްވި މީހުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި މިއަދުގެ އެއްވުމުގައި ބައިވެރި މީހުންނަށް ހިތްވަރުދެއްވާ ވިދާޅުވެފައިވަނީ ކުރިޔަށް އޮތްތާވެސް ދާނީ ބާރަށް ކުރިއަށް ކަމަށެވެ.
އާޒިމް ހައްޔަރު ކުރީ އެއްވުމުގައި އެމްޑީޕީ ހަރުގެ ކުރިމަތީ ވާހަކަ ދައްކަވަން ހުންނަވަނިކޮށެވެ. އަލީ ޒާހިރު ހައްޔަރު ކުރީ އެ އެއްވުމުގައި ވާހަކަ ދައްކަވާ ނިމުނު ފަހުންނެވެ.
އެމްޑީޕީގެ ހަރުގެ ތެރެއަށް ފުލުހުން ވަދެ މީހުން ހައްޔަރުކުރި އިރު އެ ޕާޓީގެ ބައެއް މަގާމުތަކަށް މީހުން އިންތިހާބުކުރުމުގެ ވޯޓުލުން އެތަނުގައި ކުރިޔަށް ދިޔަ އެވެ. ނަމަވެސް ފުލުހުން ބުނީ އެތަނުގައި އެއްވެސް ހަރަކާތެއް ހިންގާކަމެއް ފުލުހުންނަށް ކުރިން އަންގާފައިނުވާ ކަމަށެވެ.
ފުލުހުން އެއްވުން ރޫޅާލުމަށް ޕެޕާ ސްޕްރޭ ޖެހި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް