ގާނޫނު އަސާސީ އުވިފައި އޮތް ކަމަށްތަ ތި ބަލަނީ: މައުމޫން

ގާނޫނޫ އަސާސީ އުވިފައި އޮތް ކަމަށް ބަލަނީތޯ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫން ސުވާލު ކުރައްވައިފި އެވެ. މައުމޫން މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވެފައިވަނީ މިހާރު އަމަލު ކުރަމުންދާ ފެހި ...

21 Jul 2017 | 17:39

ގާނޫނޫ އަސާސީ އުވިފައި އޮތް ކަމަށް ބަލަނީތޯ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫން ސުވާލު ކުރައްވައިފި އެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވެފައިވަނީ މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީ ތަސްދީގު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތު އެމަނިކުފާނު ކަމަށެވެ. ރައީސް މައުމޫން ކުރައްވާފައިވާ ސުވާލުގައި ވިދާޅުވެފައިވަނީ އެ މަގާމުން އެމަނިކުފާނު ވަކިވުމުން ފެހި ގާނޫނު އަސާސީ އުވުނީ ކަމަށް ބައްލަވަނީތޯ ކަމަށެވެ.

ސުވާލު އަމާޒު ކުރައްވާފައި ވަނީ އިލެކްޝަންސް ކޮމިޝަނަށާއި މަޖިލީހަށާއި ޑީޕީޕީއެމް އަށެވެ. ޑީޕީޕީއެމް ނިސްބަތްކުރައްވާފައިވަނީ ދަރުބާރުގެ ޕީޕީއެމްއަށް ކަމަށް ބެލެވެ އެވެ. އެއީ ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން ދަރުބާރު ގޭގައި ބައްދަލުވުންތައް ބާއްވާތީ ރައީސް މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން ނިސްބަތް ކުރާ ނަމެކެވެ.

މައުމޫން މިގޮތަށް ސުވާލު ކުރެއްވީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުހިންމު ސިފަތަކާ ހިލާފަށް ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލިހުން އަމަލްކުރަމުން ދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން މަޖިލީހުގެ ހަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަމަށް އީސީން އިއުލާނު ކުރުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް