މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ދެކުނުގެ ހަތަރު އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
މެޓް އޮފީހުން ޔެލޯ އެލާޓު ނެރެފައިވަނީ ގއ، ގދ، ޏ. އަދި އައްޑު އަތޮޅުގެ ރަށްތަކަށެވެ. އެލާޓު ނެރެފައިވަނީ ހެނދުނު 11:15 އިން މެންދުރު ފަހު 3:00 އަށެވެ.
މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި އެވަގުތު ތަކުގައި އެ ސަރަހައްދަށް އާދަޔާ ހިލާފު ބާރު މިނެތްގައި ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެދާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެ އިދާރާއިން ލަފާ ކުރާ ގޮތުގައި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ އެވެ.
ޔެލޯ އެލާޓަކީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނެރޭ އެލާޓެކެވެ.
އިއްޔެއިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ އާދަޔާ ހިލާފަށް ބާރަށް ވައިޖެހި ބޯކޮށް ވާރޭވެހެމުންނެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި ބައެއް ސަރަހައްދުތަކަށް ގުގުރާނެ އެވެ. އަދި ކަނޑުތައްވެސް ގަދަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް