މާލޭގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ރޭ ހިންގި މާރާމާރާތަކާއި ގުޅިގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެރޭ ހިންގި ދެ މާރާމާރީއެއްގައި ދެމީހަކު ޒަހަމްކޮށްލާފައިވެ ވެ އެވެ.
ރޭ މީހުން ހައްޔަރު ކުރި ސަރަހައްދުތަކެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެކަމަކު މައުލޫމާތު ލިބިފައިވާގޮތުގައި ރާނބާ ރެސްޓޯރަންޓުގައި ކޮފީ ބޯން ތިބި ދެމީހަކު ހައްޔރު ކުރި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަމަނުޖެހުން އުފައްދަން އެއްވެސް ބަޔަކު އުޅޭނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ރާއްޖޭގެ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަކީ ފުލުހުންގެ އެންމެ އިސް މަގްސަދު ކަމަށާއި އެއްވެސް ސަރަހައްދެއްގައި ގާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރަން ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް