ފަޅުރަށަކަށް ދަތުރު ދިޔަ ބަޔަކު ފިހިއްޖެ

ގދ. އަތޮޅު ފަޅުރަށަކަށް ދަތުރު ގޮސްގެން އުޅެނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގާ ބަޔަކު ފިހިއްޖެ އެވެ. ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ ރޭ 7:30 ހާއިރު ކަމަށެވެ. އަދި މިހާރު އެމީހުންނަށް ތިނ...

21 Jul 2017 | 02:31

ގދ. އަތޮޅު ފަޅުރަށަކަށް ދަތުރު ގޮސްގެން އުޅެނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގާ ބަޔަކު ފިހިއްޖެ އެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓު ކޮށްފައިވަނީ ރޭ 7:30 ހާއިރު ކަމަށެވެ. އަދި މިހާރު އެމީހުންނަށް ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދާ ކަމަށެވެ.

މިހާދިސާގައި ފިހިފައިވަނީ ދެ މީހެކެވެ. އެ ދެމީހުންގެ ހަށިގަނޑުން 15 ޕަސެންޓު ފިހިފައިވާއިރު ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް