ފާރިސް މާފުށީ ޖަލަށް ބަދަލުކޮށްފި

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ. ފާރިސް ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި މިމަހުގެ 17 ވަނަ ދުވަހު ގޭގައި...

21 Jul 2017 | 02:18

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

ފާރިސް ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި މިމަހުގެ 17 ވަނަ ދުވަހު ގޭގައި އުޅުއްވަނިކޮށެވެ. ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ ސްނޯ ރޯސް ބަލާ ފާސްކޮށްފައި އެވެ.

އަނެއް ދުވަހުގެ ވަގުތެއްގައި ފުލުހުން ވަނީ އަނެއްކާވެސް ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެފައެވެ. މިއަދު ގެންދިޔައީ އެގޭގެ ސީސީޓީވީގެ ހާޑު ޑިސްކެވެ.

ފާރިސް މާފުށީ ޖަލަށް ބަދަލުކޮށްފައި މިވަނީ ތަހުގީގު މަރުހަލާގައި ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަކީ ޖަލުތަކާއި ޕެރޯލާ ގާނޫނާ ހިލާފުކަމެއް ކަމަށް ވިދާޅުވި ފާރިސްގެ ވަކީލު މައުމޫން ހަމީދު އިއްޔެ ކްރިމިނަލް ކޯޓަށް ސިޓީ ފޮނުއްވާފައި ވަނިކޮށެވެ. އެ ސިޓީގައި އޭނާ ވަނީ ތުހުމަތު ކުރެވޭ މައްސަލައިގައި ހުކުމެއް ކުރެވެން ދެން ރިމާންޑް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރު މުރާޖައާ ކޮށްދިނުމަށް ވެސް އެދިފަ އެވެ.

ފުލުހުން ބުނީ ފާރިސް މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ސާބިތު ހެކި އެބަހުރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް