ރާއްޖެއަށް މަގުބޫލު ބްރޭންޑްތަކުގެ ސެންޓާއި ބޮޑީ ސްޕްރޭ ވިއްކަމުން އަންނަ ޕޮއިސް އިން ކުޅިވަރުގެ ދާއިރާގެ ފިރިހެން ބޭފުޅުންނަށް ހާއްސަ ޑިއޮޑޮރެންޓް ބޮޑީ ސްޕްރޭގެ މުޅިން އާ ޕްރޮޑަކްޓެއް ރޭ ތަޢާރަފްކޮށްފިއެވެ.
ޕޮއިސް އިން މި ބޮޑީ ސްޕްރޭ ތަޢާރަފް ކުރީ ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އަލަށް ތައާރަފް ކުރި ބޮޑީ ސްްޕްރޭގެ ޕްރޮޑަކްޓްކަމަށްވާ "ހޮޓްއައިސް ސްޕޯޓްސް" ލޯންޗްކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ދެ ފުޓުބޯޅަ ކުޅުންތެރިންކަމަށްވާ އަސަދުﷲ އަބްދުﷲ އާއި ހަމްދާން އަލީއެވެ.
އަދި ހަމަ އެހެންމެ ސަޕްރައިޒެއްގެ ގޮތުގައި އަންހެން ބޭފުޅުންނަށް ހާއްސަކޮށް މިރޭ ވަނީ "ކޮންފެެއްޓި" ނަމަކަށް ކިޔާ ޕާފިއުމް އެއްވެސް ތަޢާރަފް ކޮށްފައެވެ.
ޕޮއިސްއަކީ 2009 ވަނަ އަހަރު ރާއްޖޭގެ ބާޒާރަށް އެކި ބްރޭންޑްތަކުގެ ސެންޓާއި ބޮޑި ސްޕްރޭ ތައާރަފްކޮށް، މާކެޓް ކުރަމުން އަންނަ ފިހާރައެކެވެ. އެ ފިހާރައިގެ މަގުބޫލުކަން މިހާރު ވަނީ މުޅި ރާއްޖޭގައި ވެސް އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް