ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ނިންމާފައިވާއިރު މިރޭގެ ޖަލްސާގައި ކުރިއަށްދާނީ މަރުހަލާތައް ، އެއް މަރުހަލާއާ ވިދިވިދިގެން އަނެއް މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި ހުށަހަޅާފައިވާ މައްސަލައާއި އެ ކަމަށް ވޯޓަށް އެހުން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
މިރޭގެ ޖަލްސާގެ އެޖެންޑާ އެ އިދާރާއިން އާންމުކޮށްފައިވާއިރު އެޖެންޑާގައި ހިމަނާފައިވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ މަރުހަލާތައް އެއް މަރުހަލާއާ ވިދިވިދިގެން އަނެއް މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލީހުގެ ގަވާއިދުގެ 75 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ހުށަހަޅާ މައްސަލަ އެވެ. އަދި އެ މައްސަލައިގާ ވޯޓަށް އެހުމެވެ.
މަޖިލީހުގެ ގަވާއިދުގައި، ކުރިން ވަނީ ބިލެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ ބިލުގެ ތިން ކިޔުމެއް މަޖިލީހަށް އިއްވަން ޖެހެ އެވެ. އެއީ މަޖިލީހުގެ ތަޅުމަށް ބިލު ތައާރަފު ކުރުމާއި އެ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމުގެ އިތުރުން ކޮމެޓީއަށް ބިލު ފޮނުވާ ދިރާސާ ކުރުމެވެ
ނަމަވެސް ގަވާއިދު މިހާރު އިސްލާހު ކޮށްފައި އޮތް ގޮތުން އެ މަރުހަލާތައް ފުރިހަމަ ނުކޮށް ބިލެއް ފާސްކުރެވިދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް