އާންމު ތަންތާގައި ވައިފައި ބޭނުންކުރުން އައިއެސްއިން މަނާކޮށްފި

އިރާގުގެ ރައްގާގައި، އިންޓަނެޓް ކެފޭތައް ފިޔަވައި އިތުރު އެއްވެސް ތަނެއްގައި އިންޓަނެޓް ބޭނުން ކުރުން އައިއެސް އިން މަނާކޮށްފިއެވެ. މިކަން މަނާކުރުމުގެ ބޭނުމެއްގެ ގޮތުގައި ލަފާކުރެވިފައިވަނީ ، ރައްގާގ...

21 Jul 2015 | 13:20

އިރާގުގެ ރައްގާގައި، އިންޓަނެޓް ކެފޭތައް ފިޔަވައި އިތުރު އެއްވެސް ތަނެއްގައި އިންޓަނެޓް ބޭނުން ކުރުން އައިއެސް އިން މަނާކޮށްފިއެވެ.

މިކަން މަނާކުރުމުގެ ބޭނުމެއްގެ ގޮތުގައި ލަފާކުރެވިފައިވަނީ ، ރައްގާގެ ރައްޔިތުން އައިއެސް އިން ހިންގަމުންދާ ލާއިންސާނީ ޖަރިމާތައް އިންޓަނެޓް މެދުވެރިކޮށް ލީކްކުރަމުންދާތީ މިކަން ހުއްޓުވުމުގެ އިތުރުން އައިއެސްގައި ހަރަކާތްތެރިވަމުންދާ ގައްދާރުން ހޯދުމަށްކަން ވަނީ ލަފާކުރެވިފައެވެ. އިންޓަނެޓް ކެފޭތަކުގައި އިންޓަނެޓް ބޭނުން ކުރަން މަޖުބޫރުކުރުވުމުން އިންޓަނެޓް މެދުވެރިކޮށް ރައްގާގެ ރައްޔިތުންއާއި އައިއެސްގެ ހަނގުރާމަވެރިން ކުރާކަންތައް އައިއެސް އަށް ބެލޭނެއެވެ.

އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން އާމުންއާއި އައިއެސްގެ ހަނުގުރާމަވެރިން ދިރިއުޅޭތަންތަނުން އިންޓަނެޓްގެ ހިދުމަތް ކަނޑާލަން ވަނީ ހަތަރު ދުވަހުގެ މުއްދަތެއްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް