ޕީޖީ ގްރޫޕުން މުލިއާގޭގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ނައިބު ރައީސަގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާއިމެދު މަޝްވަރާކޮށްފައި ނުވާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ރާއްޖޭގެ އިގްތިސާދީ ކަންކަމާއި އަދި ބޭރުގެ ބޮޑެތި އިންވެސްޓަރުން ރާއްޖެ ގެނައުމާއި މެދު ކަމަށެވެ.
އަދުރޭ ވިދާޅުވީ ރައީސް، ބޭފުޅުން އައްޔަން ކުރަންޖެހޭ މަގާމުތަކަށް އައްޔަން ކުރުން ކުރިއަށް ގެންދަވާނެ ކަމަށާއި ފަހަރެއްގައި އެކަން މާދަމާވެސް އިއުލާނުކޮށްފާނެ ކަމަށެވެ.
ޕީޕީއެމް ޕީޖީ ގްރޫޕުގެ ކުއްލި ބައްދަލުވުމެއް މުލިއާގޭގައި ބާއްވާފައިވަނީ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގައި އެމަގާމުން ޖަމީލު ވަކި ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. އެ ބައްދަލުވުމުގައި ރައީސް ޔާމީންއާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް