ފުލުހަކު ބްލިޗު ބުއި ކަމަށްބުނެ ރާއްޖެ އެމްވީގައި ލިޔެފައިވާ ހަބަރު ފުލުހުން ދޮގުކޮށްފި އެވެ.
ރާއްޖެ އެމްވީ ނޫހުގައި ބުނެފައިވަނީ "އަނބި މީހާއާއި މައްސަލަ ޖެހިގެން ފުލުހަކު، ބުލިޗު ބޮއެފި" ކަމަށެވެ.
މިކަން ފުލުހުން ދޮގުކޮށްފައިވަނީ ފުލުހުންގެ ފޭސްބުކް ޕޭޖުގައި މިރޭ ޖަހާފައިވާ ސްޓޭޓަސްއެއްގަ އެވެ.
https://www.facebook.com/policemv/posts/1025777630779488
އެ ސްޓޭޓަސްގައި ފުލުހުން ބުނެފައިވަނީ "ފުލުހަކު ބްލިޗް ބުއިކަމަށްބުނެ، ރާއްޖެ އެމްވީ އިން ފަތުރާފައިވާ ހަބަރަކީ، ދޮގު ހަބަރެއްކަން އެންމެހާ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވާ" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް