އީރާނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެވެން އޮތް ހަމައެކަނި ގޮތަކީ މަޝްވަރާތައް އަލުން ފެށުން : އުރުދުޣާން

21 ޖޫން 2025 ގައި، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީއަށް ވިދާޅުވެފައިވަނީ، އީރާނަށް މިހާރު ކުރިމަތިވެފައިވާ ނިއުކްލިއަރ އެއްބަސްވުމުގެ ޚިލާފާއި އިސްރ...

21 Jun 2025 | 16:14

21 ޖޫން 2025 ގައި، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީއަށް ވިދާޅުވެފައިވަނީ، އީރާނަށް މިހާރު ކުރިމަތިވެފައިވާ ނިއުކްލިއަރ އެއްބަސްވުމުގެ ޚިލާފާއި އިސްރާއީލާއެކު އުފެދިފައިވާ ހަމަނުޖެހުން ހައްލުކުރެވޭނެ ހަމައެކަނި ގޮތަކީ އީރާނާއި އެމެރިކާ ސީދާ މަޝްވަރާތައް އަލުން ފެށުން ކަމަށެވެ. މިހެން އުރުދުޣާން ވިދާޅުވެފައިވަނީ އިސްތަންބުލްގައި ބޭއްވުނު އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ޖަލްސާއެއްގައެވެ.

އުރުދުޣާން ވަނީ އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވައި، އިސްރާއީލު "ވަގުތުން ހުއްޓުވަންޖެހޭ" ކަމަށް ވިދާޅުވިއެވެ. އަދި އީރާނާއި އެމެރިކާގެ މެދުގައި މަޝްވަރާތައް ފަސޭހަކޮށްދިނުމަށް ތުރުކީ ތައްޔާރަށް އޮތް ކަމަށްވެސް ވިދާޅުވިއެވެ. އުރުދުޣާން އިތުރަށް ވިދާޅުވީ ޓެކްނިކަލް ފެންވަރުގެ އަދި މަތީ ފެންވަރުގެ ޑިޕްލޮމެޓިކް މަޝްވަރާތައް ލަސްނުކޮށް ފަށަންޖެހޭ ކަމަށެވެ.

އުރުދުޣާން މިހެން ވިދާޅުވެފައިވާއިރު އީރާނުން ބުނަމުން ގެންދަނީ ޝަރުތުތަކަކާއިއެކު މަޝްވަރާގެ މަޖިލީހަށް އައުމަށް ތައްޔާރުކަމަށެވެ. އެއީ އިސްރާއީލުން ހިންގަމުން ގެންދާ އުދުވާން ވަގުތުން ހުއްޓާލައި ކޮށްފައިވާ ކުއްތަކަށް ފުރިހަމައަށް ޒިންމާ ނެގުމުންކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް