ބައްޕައިންގެ ދުވަހު 11 ދަރިން ވެގެން ބައްޕައަކު އުފަލުން ރޮއްވާލިގޮތުގެ ވާހަކަ !

މިއީ މި މަހުގެ 15ވަނަ ދުވަސްކަމުގައިވާ ބައިނަލްއަގުވާމީ ބައްޕައިންގެ ދުވަހު މެލޭޝިޔާގެ ބައްޕައަކަށް ލިބުނު ހަދިޔާއެއްގެ ވާހަކައެވެ. މި ހަދިޔާ އެ ދަރިންގެ ފަރާތުން ބައްޕައަށް ލިބިގެންދާ ވީޑިއޯ ޓިކްޓޮކް...

21 Jun 2025 | 03:58

މިއީ މި މަހުގެ 15ވަނަ ދުވަސްކަމުގައިވާ ބައިނަލްއަގުވާމީ ބައްޕައިންގެ ދުވަހު މެލޭޝިޔާގެ ބައްޕައަކަށް ލިބުނު ހަދިޔާއެއްގެ ވާހަކައެވެ.

މި ހަދިޔާ އެ ދަރިންގެ ފަރާތުން ބައްޕައަށް ލިބިގެންދާ ވީޑިއޯ ޓިކްޓޮކްގައި ވައިރަލްވެ 10 މިލިޔަނަށްވުރެ ގިނަ ވިއުސް މިހާތަނަށް ލިބިފައިވެއެވެ.

ވީޑިއޯއިން ފެންނަނީ ބައްޕައަކަށް ސަޕްރައިޒެއްގެ ގޮތުގައި އައު އެސްޔޫވީ ކާރެއް ދަރިންގެ ފަރާތުން ހަދިޔާ ކުރާ އަސަރުގަދަ މަންޒަރުތަކެވެ. އެ ބައްޕަ އުފަލުން ފޮޅި އުފަލުން ރޮވޭ މަންޒަރެވެ.

ޓިކްޓޮކްގައި އެ ވީޑިއޯ އަޕްލޯޑުކުރި އެ ބައްޕަގެ އެއް ދަރިއަކު ބުނެފައިވަނީ އެއީ 11 ދަރިންގެ ފަރާތުން ބައްޕައަށް ދިން ބައްޕައިންގެ ދުވަހުގެ ހަދިޔާ ކަމަށެވެ.

https://www.tiktok.com/@zerul23/video/7516571574833564946?embed_source=121374463%2C121468991%2C121439635%2C121749182%2C121433650%2C121404359%2C121497414%2C121477481%2C121351166%2C121487028%2C73347566%2C121331973%2C120811592%2C120810756%2C121503376%3Bnull%3Bembed_masking&refer=embed&referer_url=www.asiaone.com%2Fmalaysia%2Fmalaysian-dad-tears-after-11-children-pool-together-buy-him-new-suv&referer_video_id=7516571574833564946

މެލޭޝިޔާގެ ނޫހަކަށް މަޢުލޫމާތުދެމުން އެ ޢާއިލާ މެންބަރަކު ބުނެފައިވަނީ އެ ބައްޕަ އެ 11 ދަރިންނާއި ޢާއިލީ ޒިންމާތައް އުފުލިއިރު ސަވާރީއަކީ ހަމައެކަނި ސައިކަލެއް ކަމަށާއި ބައްޕައިންގެ ދުވަހު ކާރެއް ހަދިޔާކުރަން ނިންމީ ބައްޕަގެ އަގުވަޒަންކޮށް ދަރީންގެ ފަރާތުން ހަދިޔާއެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް