އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވުން ޖުލައި 26 ގައި – ކައުންޓްޑައުނެއް ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ޖުލައި 26 ގައި ހުޅުވަން ނިންމައި އެކަމަށް ކައުންޓްޑައުނެއް ފަށައިފިއެވެ. އެއާޕޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކައުންޓްޑައުން އިފްތިތާހުކޮށްދެއްވީ...

21 Jun 2025 | 03:22

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ޖުލައި 26 ގައި ހުޅުވަން ނިންމައި އެކަމަށް ކައުންޓްޑައުނެއް ފަށައިފިއެވެ.

އެއާޕޯޓުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކައުންޓްޑައުން އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް) ގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.

އެމްއޭސީއެލްއިން ފާހަގަކުރާގޮތުގައި މިހާރު ކުރިއަށްދަނީ އައު ޓާމިނަލް ޖުލައި 26 ގައި ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.

މި އަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު އައު ޓާމިނަލާއެކު އެ އަމާޒަށް ވާސިލުވުމުގެ މަގު އިތުރަށް ފަހިވުމުގެ އިތުރަށް ރާއްޖޭގެ އިގުތިސާދަށްވެސް ރަނގަޅު ބަދަލެއް އައުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް