ށ. ކަނޑިތީމުގައި އީދު ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާޔްޔަކުގެ ތެރެއިން ފަހު ހަރަކާތެއްގެ ގޮތުގައި ފޯރިގަދަ މަސްރޭހެއް ބާއްވައިފިއެވެ. "ނިލަމެހި މަސްރޭސް 1445" ގެ ނަމުގައި ކުރިއަށް ދިޔަ މި މަސްރޭހުގައި 12 ޓިމު ބައިވެރިވެއެވެ.
ނިލަމެހި މަސް ރޭހަކީ 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އަލްހާއިދު ގައި އެރަށުގައި ކުރިއަށް ގެންދާ ފޯރިގަދަ މަސްރޭހެކެވެ. ކޮން އަހަރަކުވެސް ގިނަ ޓީމުތަކެއް ބައިވެރިވާ މި މަސްރޭސް ނިންމާލަނީ ރަށުގެ ރައްޔިތުންނަށް ބާއްވާ "ފިހުނު މަހާއި ބޮނޑިބަތުގެ" ޖާފަތަކުންނެވެ.
މިއަހަރުގެ މަސް ރޭސް ކުރިއަށް ގެންދިޔައީ އީދުގެ އެންމެ ފަހު ހަރަކާތުގެ ގޮތުގައި، ބުރާސްފަތި ދުވަހުއެވެ. މަސް ރޭހުގައި ބައިވެރިވި ޓީމުތަކުން މަހަށް ފުރީ އިއްޔެގެ ހެނދުނު 7:00 ގައެވެ. އަދި ޓީމުތައް އެނބުރި ރަށަށް އައީ މެންދުރު ފަހު 2:00 ގައެވެ. ރަށުގެ ގިނަ ޒުވާނުންނާއި މަސްވެރިން ބައިވެރިވި މި މަސްރޭހުގައި ބައިވެރިވި ހުރިހައި ޓީމުތަކުން ޖުމުލަ 430 ކިލޯ މަސް ބޭނިއެވެ.
https://www.facebook.com/nilamehi01/posts/pfbid02BAnRidTXmhRpYoPu71XiixfttFs52u1qAPb7qW3mA8V5sqcdRTBtkV1tobpdoACgl
މިއަހަރުގެ މަސްރޭހުގެ އެއްވަނަ ހޯދީ 235 ކިލޯ މަސް ބޭނި "ފޮނިޔަ" ޓީމެވެ. އަދި މިއީ ނިލަމެހި މަސް ރޭހުގައި މިހާތަނަށް އެންމެ ގިނަ މަސް ބޭނި ޓީމެވެ. 2 ވަނަ ހޯދީ 48 ކިލޯ މަސް ބޭނި "ވާނުވާ" ޓީމެވެ. އަދި 3 ވަނަ ހޯދީ 33 ކިލޯ މަސް ބޭނި "އައުޓްކާސްޓް" ޓީމެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ ބަރު މަސް ބޭނީވެސް އައުޓްކާސްޓް އެވެ.
ނިލަމެހި މަސް ރޭސް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އަހްމަދު ސާލިމް ބުނީ މިއީ އީދުގެ މަޖަލާއި އުފަލުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ފެނިގަނެދާ އިޖްތިމާއީ ހަރަކާތެއް ކަމަށެވެ. އަދި މަސްރޭހައި ގުޅިގެން ބާއްވާ މަސްފިހުމުގެ ހަރަކާތް ކުރިއަށް ދަނީ ރަށުގެ ކުދި ބޮޑު އެންމެން ވެސް ބައިވެރިވާ ހަރަކާތެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް