ޒުވާން ފިރެހެނަކު އާއިލާއަށް ޚަބަރެއް ނުވެ ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.
ގެއްލިގެން ހޯދުމަށް ފުލުހުން އިއުލާން ކޮށްފައިވަނީ ޏ.ފުވައްމުލަކަށް ނިސްބަތްވާ، ދިގުވާނޑު/ އެފްރޯ، އަޙްމަދު ޢިޔާޝް ވަސީމް (24އ) އެވެ.
އިޔާޝް އާއިލާއަށް އެންމެ ފަހުން ޚަބަރު ވެފައިވަނީ ޖޫން 14 ވަނަ ދުވަހު ކަމަށް އާއިލާއިން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައެވެ.
އިޔާޝްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް