އަނެއްކާވެސް މިސްކިތުން ފަންކާތަކެއް ވަގަށް ނަގައިފި، ޢީދު މިސްކިތުން ދިހަ ފަންކާ ގެންގޮސްފަވޭ

މިސްކިތްތަކުން ވައްކަން ކުރުން އިތުރުވެ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓަކު ބުނީ މި މަހު އެކަނިވެސް ޢީދު މިސްކިތުން 10 ފަންކާ ވަގަށް ނަގ...

21 Jun 2024 | 10:44

މިސްކިތްތަކުން ވައްކަން ކުރުން އިތުރުވެ މާލެ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓަކު ބުނީ މި މަހު އެކަނިވެސް ޢީދު މިސްކިތުން 10 ފަންކާ ވަގަށް ނަގާފައި ވާ ކަމަށެވެ.

މިކަމާއި ގުޅިގެން ސިޓީ ކައުންސިލުން ވަނީ މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތްތަށް ކުރަމުންނެވެ.

ރޯދަ މަހު ތެރޭގައިވެސް މިސްކިތުން ވައްކަން ކުރުމުގެ މައްސަލަތަށް ވަނީ ފެންމަތިވެފައެވެ.

މިގޮތުން ތިން ރެއެއްގެ މަތިން ތަޤުވާ މިސްކިތުން ހަތް ފަންކާ ވަގަށް ނަގާފައިވެއެވެ. އަދި ދަރުމަވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި 2 ފަންކާ ވެސް ވަނީ ވަގަށް ނަގާފައެވެ.

މި މައްސަލަ ތަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިސްކިތްތަކުން ވައްކަން ކުރުމާއި މިސްތުގައި ހުންނަ ތަކެއްޗަށް ގެއްލުން ނުދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް