އަޅުގަނޑު ޔޯގާ ހުއްދަކުރީއޭ ކިޔައިގެން ފަތުރަނީ ފިތުނަ: ޝައިޚް ޒައިދު

ސޯޝަލް މީޑިއާގައި އެމްޑީޕީ ފިކުރުގެ ބައެއް ބޭފުޅުން ދީނީ އިލްމުވެރިޔާ އަލީ ޒައިދު ޔޯގާ ހުއްދަ ކުރި ކަމަށް ދައްކާ ވާހަކަ ތަކަކީ ފިތުނަ ހައްދަން ފަތުރާ ވާހަކަ ތަކެއް ކަމަށް ޝައިޚް އަލީ ޒައިދު ބުނެފިއެވެ...

21 Jun 2024 | 10:08

ސޯޝަލް މީޑިއާގައި އެމްޑީޕީ ފިކުރުގެ ބައެއް ބޭފުޅުން ދީނީ އިލްމުވެރިޔާ އަލީ ޒައިދު ޔޯގާ ހުއްދަ ކުރި ކަމަށް ދައްކާ ވާހަކަ ތަކަކީ ފިތުނަ ހައްދަން ފަތުރާ ވާހަކަ ތަކެއް ކަމަށް ޝައިޚް އަލީ ޒައިދު ބުނެފިއެވެ.

ޒައިދު މިހެން ބުނެފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ޒައިދު އެ ޕޯސްޓުގައި ބުނެފައިވަނީ އެމްޑީޕީން ޒައިދުއާއި ބެހޭ ގޮތުން ފަތުރާ ވާހަކަތަކަކީ ދޮގު ކަމަށެވެ. އެ ވާހަކަތަށް ދައްކަނީ ވާހަކަ ބަދަލުކޮށްގެން ވާހަކަ އުފައްދައިގެން ކަމަށެވެ.

އަދި ހިންދޫ ޔޯގާއާއި މެދު ޒައިދު އަބަދުވެސް ހިޔާލު އޮތީ އެއްގޮތަށް ކަމަށެވެ. ހިންދޫ ޔޯގާ ހިންދޫން ކުރާ ގޮތަށް ކަސްރަތުގެ ނަމުގައި ކުރިޔަސް ހުއްދަ ނުވާނެ ކަމަށް ޒައިދު ވަނީ ބުނެފައެވެ.

"ހިންދޫ ޔޯގާގައި އެމީހުންގެ އަޅުކަމުގެ ބައި ހިމެނޭ ކަމަށް ބުނަނީ އަޅުގަނޑެއް ނޫން، އެހެން ބުނަނީ ހިންދޫ ފާދިރިން" ޒައިދު ބުނެފައިވެއެވެ.

މީގެ އިތުރުން ޒައިދު ބުނީ، ހިންދޫ ފާދިރީން ބުނާ ގޮތުގައި ޔޯގާ ޔޯގާއަށް ވަނީ އޭގައި އަޅުކަން ހިމަނައިގެނެވެ.

އެހެން ކަމުން މުސްލިމުން އެ ކަމާ ދުރުހެލިވާންޖެހޭ ކަމުގައި ޒައިދަށް ފެންނަ ކަމަށް ޒައިދު ވަނީ ބުނެފައެވެ. އެހެން ކަމުން އިންޓަނޭޝަނަލް ޔޯގާ ޑޭ އަކީ މުސްލިމުން ފާހަގަކުރަން އެކަށީގެންވާ ދުވަހެއް ނޫން ކަމަށާއި އަދި އެފަދަ ދަންތުރައެއްގައި ނުޖެހުމަށް ޒައިދުވަނީ ނަސޭހަތްތެރިވެފައެވެ.

މީގެއިތުރުން ޒައިދު ވަނީ ހިންދޫ ޔޯގާގެ ބަދަލުގައި ކަސްރަތު ކުރެއްވުމަށް ނަސޭހަތްތެރިވެ ކަސްރަތު ކުރުމަކީ ހަރާމްކަމެއް ނޫން ކަމުގައި ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް