ސައިކަލާއެކު މޫދަށް ވެއްޓުނު ދިވެއްސަކު ނިޔާވެއްޖެ

ހދ. ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓުނު ދިވެއްސަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ މީހެކެވެ. ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ރޭ 09:15 ހާއިރު ކަމަށާއި އޭނާ ނިޔ...

21 Jun 2024 | 04:44

ހދ. ނޮޅިވަރަމްގައި ސައިކަލާއެކު މޫދަށް ވެއްޓުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ މީހެކެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ރޭ 09:15 ހާއިރު ކަމަށާއި އޭނާ ނިޔާވީ އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާދެމުންދަނިކޮށް ކަމަށެވެ.

ސައިކަލާއެކު އޭނާ ވެއްޓިފައިވަނީ އެ ރަށު ބަނދަރު ސަރަހައްދުން މޫދަށް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް