އަފްގާނިސްތާނުގައި މިވަގުތު އޮތް ހާލަތާއިމެދު ކަންބޮޑުވުން ފާޅުކޮށް އަންހެނުންނަށް އަޅާފައިވާ ފިޔަވަޅުތައް ނެގުމަށް އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގައި އެކި ގައުމުގެތަކުގެ މަންދޫބުން ގޮވާލައިފިއެވެ.
މިދިޔަ ހޯމަދުވަހު މިކައުންސިލްގައި ބޭއްވި އެސެމްބްލީގައި ވަނީ އަފްގާނިސްތާނުގައި ތައުލީމު ހޯދުމަށާއި ވަޒީފާއަދާކުރުމުގެ އިތުރުން ބޭރަށް ނިކުމެ އުޅުމަށް އެގައުމުގެ އަންހެނުންނަށް އޮތް ހުރަސްތަކާމެދު އެކި ގައުމުތަކުގެ މަންދޫބުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން ފަރެންސޭސިވިލާތުގެ މަންދޫބު ވަނީ އަފްގާނިސްތާނުގައި އަންހެނުންނަށް ހާއްސަކޮށްގެން އަޅާފައިވާ ފިޔަވަޅުތަކާއި، ހަދަމުންދާ ޕޮލިސީތަކަކީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
މީގެ އިތުރުން ސްޕެއިންގެ މަންދޫބު ވަނީ ތާލިބާނުން އަންހެނުންނަށް ހަދަމުން ގެންދާ ގޮތް ތަހުގީގު ކުރުމަށާއި އިންސާނީ ހައްގުތަކަށް އަރައިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް