ޗައިނާގެ ޕްރައިވެޓް ސެކިއުރިޓީ ކުންފުނިތަކުން އެފްރިކާގައި އަތްގަދަ ކުރަނީ

ޗައިނާގެ ޕްރައިވެޓް ސެކިއުރިޓީ ކުންފުނިތައް އެފްރިކާގައި ހިންގުން އިތުރުވަމުންދާކަމަށާއި އެކަމަށް އިންޑިޔާއިން ސަމާލުވާންޖެހޭކަމަށް ގްލޯބަލް އޯޑާއިން ރިޕޯޓުކޮށްފިއެވެ. ޗައިނާއިން އެފްރިކާގައި ޕްރައިވެ...

21 Jun 2023 | 18:14

ޗައިނާގެ ޕްރައިވެޓް ސެކިއުރިޓީ ކުންފުނިތައް އެފްރިކާގައި ހިންގުން އިތުރުވަމުންދާކަމަށާއި އެކަމަށް އިންޑިޔާއިން ސަމާލުވާންޖެހޭކަމަށް ގްލޯބަލް އޯޑާއިން ރިޕޯޓުކޮށްފިއެވެ.

ޗައިނާއިން އެފްރިކާގައި ޕްރައިވެޓް ސެކިއުރިޓީ ކުންފުނިތައް ބޭނުން ކުރަމުންދަނީ އެފްރިކާގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުނާއި އެގައުމުގެ ޕްރޮޖެކްޓުތަކުގެ ސެކުއިރިޓީ ބަލަހައްޓައި ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. މިދިޔަ މާޗު މަހުވަނީ ސެންޓްރަލް އެފްރިކަން ރިޕަބްލިކުގެ މައިނެއްގައި ބަޑިޖަހައި ޗައިނާއަށް ނިސްބަތްވާ ނުވަ މީހަކު މަރާލައިފައެވެ. މި ހާދިސާއާއި ގުޅިގެން ޗައިނާގެ ރައީސްވަނީ މިކަން ކުރި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާފައެވެ.

ޗައިނާގެ ޕްރައިވެޓް ސެކިއުރިޓީ ކުންފުނިތަކުން އެފްރިކާގައި ހަރަކާތްތެރިވަނީ އެންމެ ޒަމާނީ ހަތިޔާރާއި ސަވައިލެންސް ސިސްޓަމްތަކާއިއެކުގައެވެ.

ގްލޯބަލް އޯޑާގެ ރިޕޯޓުގައި ވާގޮތުގައި ޗައިނާގެ ޕްރައިވެޓް ސެކިއުރިޓީ ކުންފުނިތަކުން އިންޑިޔާއިން ހިންގަން މަސައްކަތްކުރާ ޕްރޮޖެކްޓުތަކަށް ދަތިކުރުމުގެ އިތުރުން އެފްރިކާގެ ވަސީލަތްކަށް އިންޑިޔާއަށް ވާސިލްވުމަށް ހުރަސްއެޅޭނެކަމަށެވެ. 2022 އަހަރާއި ހަމައަށް އިންޑިޔާއާއި އެފްރިކާއާއި ދެމެދު ކުރާ ވިޔާފަރިތައް ވަނީ 89.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. މިސަބަބުތަކަށްޓަކައި އިންޑިޔާއިން ޗައިނާގެ ޕްރައިވެޓް ސެކިއުރިޓީ ކުންފުނިތަކަށް ސަމާލުވާން ޖެހޭ ކަމަށް ގްލޯބަލް އޯޑާގެ ރިޕޯޓުގައި ވެއެވެ.

ތަފާތު ހިސާބުތައް ދައްކާގޮތުގައި ޗައިނާގެ  7000 އަށްވުރެ ގިނަ ޕްރައިވެޓް ސެކިއުރިޓީ ކުންފުނިތައް އޮވެއެވެ. އަދި ޗައިނާގެ 20 ޕްރައިވެޓް ސެކިއުރިޓީ ކުންފުނި ބޭރުގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވާއިރު މިކުންފުނިތަކުގައި 3200 އަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް