ޕާކުތަކަށް ވަންނަ ބިދޭސީންނާއި ފަތުރުވެރިން އަތުން ފީ ނަގަން ނިންމައިފި – ފީ 15ރ އާއި 500 އާއި ދެމެދުގައި

މާލޭ ސިޓީގެ ޕާކުތަކަށް ވަންނަށް ބިދޭސީންނާއި ޓޫރިސްޓުންގެ އަތުން ފީއެއް ނަގަން ނިންމި ނިންމު މާލޭ ސިޓީ ކައުންސިލުން ފާސްކޮށް އެ ފީތައް ކަނޑައަޅައިފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ އެ ކައުންސިލުން މިއަ...

21 Jun 2023 | 15:23

މާލޭ ސިޓީގެ ޕާކުތަކަށް ވަންނަށް ބިދޭސީންނާއި ޓޫރިސްޓުންގެ އަތުން ފީއެއް ނަގަން ނިންމި ނިންމު މާލޭ ސިޓީ ކައުންސިލުން ފާސްކޮށް އެ ފީތައް ކަނޑައަޅައިފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ އެ ކައުންސިލުން މިއަދު ބޭއްވި އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 107 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

އެގޮތުން ނިންމާފައިވަނީ

  • ވޯކް ޕާމިޓް އޮންނަ ބިދޭސީއެއް ނަމަ – 15ރ
  • އެއްވެސް ލިޔުމެއް ނެތް ބިދޭސީއެއް ނަމަ – 50 ރ
  • ފަތުރުވެރިއެއްނަމަ – 75ރ
  • ކެމެރާ ހިފައިގެން ވަންނަ ފަތުރުވެރިންގެ އަތުން 500ރ

މާލޭ ސިޓީ ކައުންސިލްގެ ކޯޕަރޭޓް ކޮމިޓީން ހުށަހެޅި ގޮތަށް މި އަދަދުތައް ފާސްކޮށްފައިވަނީ އެ ކައުންސިލްގެ 11 މެންބަރުންގެ ވޯޓުންނެވެ. ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ދީފައެއް ނުވެއެވެ.

މި މަގުން ފީ ނަގަން ނިންމި ނަމަވެސް ދުވަސްވީ ދިވެހިންގެ އެހީތެރިންގެ ގޮތުގައްޔާއި ކުޑަކުދިން ގޮވައިގެން އުޅޭ ބިދޭސީންގެ އަތުން އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި އުމުރުން 18 އަހަރު ނުވާ ކުޑަކުދިންގެ އަތުންވެސް ފީއެއް ނުނަގާނެއެވެ.

މި ނިންމުން ކައުންސިލުން ނިންމާފައިވާއިރު މި ނިންމުމާއިމެދު ބަހުސް ކުރެވެން ފެށި ހިސާބުންވެސް އެކި ފަރާތްތަކުން މިކަމުގައި ދެ ގޮތަކަށް ހިޔާލު ފާޅުކުރަމުން ގޮސްފައިވެއެވެ.

އެގޮތުން ސޯޝަލް މީޑިއާގައި ހިޔާލު ދެކަފިވެފައިވާ މި މައްސަލައިގާ އެއް ބަޔަކު ބުނަނީ އެއީ ރަނގަޅު ކަމެއް ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެފަދަ ފީއެއް ނަގާނަމަ އެއީ ތަފާތު ކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް