މިނިސްޓަރު ސަމީރު އަދި އެމްޑީ ޝާހުގެ އިތުރުން ޖޭޕީގެ ކުރީގެ ގިނަ މެންބަރުންތަކެއް އެމްޑީޕީ އަށް

ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ހިމެނިވަޑައިގަންނަވާނޭހެން، ޖުމްހޫރީ ޕާޓީގެ ކުރީގެ ގިނަ އަދަދެއްގެ މެންބަރުން މިއަދު އެމްޑީޕީއާއި ގުޅި...

21 Jun 2023 | 14:12

ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ހިމެނިވަޑައިގަންނަވާނޭހެން، ޖުމްހޫރީ ޕާޓީގެ ކުރީގެ ގިނަ އަދަދެއްގެ މެންބަރުން މިއަދު އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

މިކަން ހާމަކޮށް އެމްޑީޕީން ވަނީ މިއަދު ސޮއި ކުރި އެ ފަރާތްތަކަށް އެމްޑީޕީއަށް މަރުހަބާ ދަންނަވާފައެވެ.

https://twitter.com/MDPSecretariat/status/1671519042388066308

ޖޭޕީގައި ކުރިން މަސައްކަތްކުރި ގިނަ އަދަދެއްގެ ބަޔަކު މިއަދު އެމްޑީޕީއާއި ގުޅިފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމް ވާދަކުރައްވަން ނިންމެވި ހިސާބުން އެ ޕާޓީ ދޫކޮށް ގިނަ ބަޔަކު އެ ޕާޓީން ވަކިވެ އެކަން ސޯޝަލް މީޑިއާގައި އިއުލާނު ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް