ނައީމާގެ މަރުގެ މައްސަލައިގާ އަހުޒަމް ޝަރީއަތް ނިމެންދެން ބަންދަށް

ނ. މަނަދޫ ނައީމާ މޫސާ މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފުވެފައިވާކަމަށް ފުލުހުން ބުނާ އަހުޒަމް އަބްދުއްޝުކޫރު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވ...

21 Jun 2023 | 13:37

ނ. މަނަދޫ ނައީމާ މޫސާ މަރާލި ކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފުވެފައިވާކަމަށް ފުލުހުން ބުނާ އަހުޒަމް އަބްދުއްޝުކޫރު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ނ. މަނަދޫގައި ރަހުމްކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ ގާތިލެއް ކަމުގައި ބެލެވޭ އަހުޒަމް އެންމެ ފުރަތަމަ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ. ނައީމާގެ މަރަށް އަހުޒަމް އެއްބަސްވި ކަމަށްވަނީ ފުލުހުންގެ ބަންދުގައި ހުއްޓައެވެ.

އުމުރުން 23 އަހަރުގެ އަހުޒަމްގެ އެހީތެރިކަމާއެކު އެ މައްސަލައިގާ އިތުރު ދެމީހަކުވެސް ހައްޔަރުކޮށްފައިވެއެވެ. އެއީ އުމުރުން 20 އަހަރުގެ އަބްދުލްވާހިދު ރިފާސް އާއި އުމުރުން 21 އަހަރުގެ ހުސެއިން ފަވާޒެވެ. އެ ދެމީހުންވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.

މި ތިން މީހުންގެ ތެރެއިން ރިފާސްގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ފަވާޒު ވަނީ މީގެ ކުރިން ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ތިން މީހަކު ހައްޔަރުކޮށް މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މި މައްސަލައިގާ ކުރިއެރުމެއް ލިބުމުގައި ފުލުހުންނަށް ގޮންޖެހުންތަކާ ދިމާވެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުމުގައި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް