ޖުލައިގެ ނިޔަލަށް ސިފްކޯ ހިޔާއަށް ވަދެވޭނެ: މާރިޔާ

ސިފައިންގެ ފްލެޓްތައް ކަމުގައިވާ ސިފްކޯ ހިޔާއަށް އަންނަ ޖުލައި މަހުގެ ނިޔަލަށް ވަދެވޭނެ ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ މިހެން ވިދާޅުވީ ސިފައިންގެ 131 ވަނަ އ...

21 Jun 2023 | 07:35

ސިފައިންގެ ފްލެޓްތައް ކަމުގައިވާ ސިފްކޯ ހިޔާއަށް އަންނަ ޖުލައި މަހުގެ ނިޔަލަށް ވަދެވޭނެ ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ ސިފައިންގެ 131 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މައުލޫގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ މިސަރުކާރު ވެރިކަމާ ޙަވާލުވި އިރު ހަމައެކަނި ކޮންކްރީޓް ސްޓްރަކްޗަރ އެއްހެން ހުރި ސިފްކޯ ހިޔާ އަށް، މިއަންނަ ޖުލައި ގެ ނިޔަލަށް ޢާއިލާތަކަށް ވަދެވޭނެ ކަމަށް ސިފްކޯއިން ޔަގީންކަން ދެއްވާކަމަށެވެ.

"މިކަމަށް ސަރުކާރުންވަނީ ބޮޑު ހޭދައެއް ކޮށްފައި" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ސިފްކޯ ހިޔާގެ މަސައްކަތް މިނިމެނީ، ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެކަމަށް ދެއްވާ އަހަންމިއްޔަތުކަމުގެ ސަބަބުންކަން އަޅުގަނޑު ފާހަގަކޮށް، ހުރިހާ ސިފައިންގެ ނަމުގައި އެމަނިކުފާނަށް ޝުކުރު ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް