ކުރިއަށް އޮތް ޢީދު ބަންދާއި ދިމާކޮށް މޯލްޑިވިއަން އިން ޑޮމެސްޓިކް އިތުރު 23 ފްލައިޓް ދަތުރު ކުރަން ނިންމައިފިއެވެ.
އެގޮތުން 22 ވަނަ ދުވަހު، މާފަރަށް ދެ ދަތުރު، ކައްދޫ، އިފުރު، ހޯރަފުށި، ފަރެސްމާތޮޑާ އަދި ފުވައްމުލަކަށް ދަތުރު ކުރުމަށް ނިންމާފައިވެއެވެ.
23 ވަނަ ދުވަހު މާފަރު، ފަރެސްމާތޮޑާ، ފުވައްމުލައް، ކައްދޫ، ފުނަދޫ، މާވަރުލު އަދި މަޑިވަރަށް އިތުރު ދަތުރު ކުރަން ނިންމާފައިވެއެވެ.
24 ވަނަ ދުވަހު މާފަރު، މާވަރުލު އަދި ފުވައްމުލަކަށް އިތުރު ދަތުރު ކުރަން ނިންމާފައިވާއިރު 26 ވަނަ ދުވަހު ފަރެސްމާތޮޑާ އަދި ފުވައްމުލަކަށް އިތުރު ދަތުރު ކުރަން ނިންމާފައިވެއެވެ. 27 ވަނަ ދުވަހު މާފަރު އަދި މާވަރުލަށް އިތުރު ދަތުރު ކުރަން ނިންމާފައިވާއިރު ޖުލައި އެކެއްގައި މާވަރުލަށް، ޖުލައި ދޭއްގައި ފަރެސްމާތޮޑާއަށް އަދި ޖުލައި ތިނެއްގައި ފުވައްމުކަށް އިތުރު ދަތުރު ކުރަންވެސް ނިންމާފައިވެއެވެ.
މީގެ އިތުރުން މި ޢީދު ބަންދުގައި ބ. ފުޅަދުއަށް ސީ ޕްލޭން ދަތުރުތަކެއްވެސް މޯލްޑިވިއަނުން ރާވާފައިވެއެވެ. އެ ދަތުރުތައް ކުރަން ޝެޑިއުލްކޮށްފައިވަނީ 26، 27، 29 ޖޫން އަދި ޖުލައި އެއްވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް