ދުއްވާއިރު ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވަޒީރު އިލްތިމާސް ކުރައްވައިފި

މަގުމަތީގައި ދުއްވާއިރު އެކަކު އަނެކަކުގެ ރައްކާތެރި ކަމަށް ސަމާލުކަން ބަހައްޓާ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވި...

21 Jun 2023 | 02:55

މަގުމަތީގައި ދުއްވާއިރު އެކަކު އަނެކަކުގެ ރައްކާތެރި ކަމަށް ސަމާލުކަން ބަހައްޓާ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އައިޝަތު ނަހުލާ އިލްތިމާސް ކުރައްވައިފިއެވެ.

ނަހުލާ މިކަމަށް އިލްތިމާސް ކުރެއްވީ އިއްޔެ އިރު އޮއްސުނުހާއިރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޓެކްސީ ޑްރައިވަރަކު ނިޔާވެފައިވާއިރު، އެ ހާދިސާއާއި ގުޅުވައި ކުރެއްވި ޓްވީޓެއްގައެވެ.

"އެކްސިޑެންޓްގައި ނިޔާވި ޓެކްސީ ޑްރައިވަރުގެ ޚަބަރު އެހީ ފުން ހިތާމަޔާއެކުގައި، އާއިލާއަށް ތަޢުޒިޔާ ދަންނަވައި މި ހިތާމައިގާ ބައިވެރިވަން" ނަހުލާ ވިދާޅުވެފައިވެއެވެ.

ރޭގެ އެކްސިޑެންޓްގައި ނިޔާވެފައިވަނީ ޅ. ނައިފަރު، ފިޔަރި، އުމުރުން 65 އަހަރުގެ މުހައްމަދު އުމަރެވެ.

https://twitter.com/aishath_nahula/status/1671249016036937730

ރޭގެ ހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނެފައިވާގޮތުގައި އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލެ ފޭސް އެކެއްގެ ހިތިގަސް މަގު ޕްލެޓިނަމް ކައިރީގައި ދެ ކާރެއް ޖެހި އެތަނުން އެއް ކާރު ކޮންޓްރޯލު ނުވެ ގޮސް ޑިވައިޑަރ ތަކުގައި ޖެހިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް