ގާސިމްގެ ވެރިކަމެއްގައި މެސީ ގަލޮޅު ދަނޑުގައި ފުޓްބޯޅަ ކުޅޭނެ: ރިޔާޒް ރަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ލަޔޮނަލް މެސީ ގަލޮޅު ދަނޑުގައި ފުޓްބޯޅަ ކުޅޭނެކަމުގައި ގާސިމްގެ އެޑްވައިޒަރު ވިލިފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ....

21 Jun 2023 | 02:41

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ލަޔޮނަލް މެސީ ގަލޮޅު ދަނޑުގައި ފުޓްބޯޅަ ކުޅޭނެކަމުގައި ގާސިމްގެ އެޑްވައިޒަރު ވިލިފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާޒް ރަޝީދު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރޭގައި ބޭއްވި ކެމްޕޭން ޖަލްސާގައި ޒުވާނުންނާއި މުހާތަބު ކުރައްވާ، ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރިޔާޒް ވިދާޅުވީ ޒުވާނުންނަށް ގާސިމްގެ ވައުދެއް އެބަ އޮތް ކަމަށާއި، ގާސިމްގެ ވެރިކަމެއްގައި އޮލިމްޕިކްސް މުބާރާތް ރާއްޖޭގައި ބޭއްވޭވަރުގެ ބޮޑު ސްޓޭޑިއަމެއް އަޅުއްވައިދެއްވާނެ ކަމަށެވެ.

"އެމަނިކުފާނުގެ ވެރިކަމެއްގައި މެސީ އައިސް ގަލޮޅު ދަނޑުގައި ފުޓްބޯޅަ ކުޅޭނެ، ޒުވާނުން ހާސް ކަނޑާލާ" ރިޔާޒް ރަޝީދު ވިދާޅުވިއެވެ.

ޒުވާނުންނަށް ރިޔާޒް ރަޝީދު އިތުރަށް ވިދާޅުވީ ގާސިމްގެ ވެރިކަމެއްގައި ރަށްރަށުގައި މުބާރާތްތަކާއި ޝޯ ނުބޭއްވިގެން ސްޕޮންސަރ ހޯދަން ޕްރޮޕޯޒަލް ހަދައިގެން ދުވަން ނުޖެހޭނެ ކަމަށާއި ކުޑެއް ބޮޑެއް ނުބަލާ އެ މުބާރާތްތަކާއި ޝޯތައް ގާސިމް އިބްރާހިމް ސްޕޮންސަރ ކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް