ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް، "އުރީދޫ ނޭޝަން-ގޭމަރސް ލޭންޑް" ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
އެ ކުންފުނީގެ ތަަސައްވަރާ އެއްގޮތުގެ މަތިން، ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާކުރުމަށް އީޖާދީ ޓެކްނޮލޮޖީއާއި ޚިދުމަތްތައް ރާއްޖެއަށް ގެނައުމުގައި މުހިންމު އެއް މޭސްތިރިއަކަށް އުރީދޫ ވާއިރު، މި ޕްލެޓްފޯރމް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ރާއްޖޭގައި ގޭމިންގ ކޮމިއުނިޓީ އެއް ބިނާކޮށް، ހަލުވިދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަގްސަދުގައެވެ.
އުރީދޫ ނޭޝަން ރާއްޖެއަށް ތައާރަފްކޮށްފައިވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓާއި ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީގެ ބޭފުޅުންގެ ހާޒިރުގައި މިނިސްޓަރ އޮފް ޓުއަރިސަމް، އަބްދުﷲ މައުސޫމް އިފްތިތާޙްކޮށްދެއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
އުރީދޫގެ ވަރުގަދަ 4ޖީ އަދި 5ޖީ ނެޓްވޯކާއި ރައްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއިއެކު ވެވިފައިވާ ޕާޓްނަރޝިޕްތަކުގެ އެހީގައި، އުރީދޫ ނޭޝަންގެ އަމާޒަކީ ގޭމިންގއާއި ގުޅުންހުރި ހުރިހާ ޚިދުމަތާއި މައުލޫމާތް އެއް-ޕްލެޓްފޯމެއްގައި ގެނެސްދިނުމެވެ.
އުރީދޫ ނޭޝަން މެދުވެރިކޮށް އައިޓިއުންސް، ނިންޓެންޑޯ، ޕްލޭސްޓޭޝަން އަދި މިނޫންވެސް ދުނިޔޭގެ އެކި ގޭމިން ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑް ބައްލަވައިގަނެވޭނެއެވެ. އަދި ގޭމް ކުޅޭ ފަރާތްތަކަށް ooredoonation.mv މެދުވެރިކޮށް ޕަބްޖީ، ގެރީނާ ފްރީ ފަޔަރ، މޯބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ރޮބްލަކްސް އަދި މިނޫން ވެސް ގިނަ ގޭމްތަކަށް މޮބައިލް ޑޭޓާ ޕެކް ތައް އެކްޓިވޭޓް ކުރެވޭނެއެވެ.
ގޭމިންގ ޕެކްތަކާއި ގިފްޓް ކާޑުއަދި ކޮންޓެންޓްގެ ޚިދުމަތުގެ އިތުރުން އުރީދޫ ނޭޝަން އިން ގޭމް ކުޅޭ ފަރާތްތަކަށް އަގު ހުރި އިނާމުތަކާއެކު ލޯކަލް އަދި އިންޓަރނޭޝަނަލް މުބާރާތްތައް ވެސް ކުރިއަށްދާނެއެވެ.
އެގޮތުން އުރީދޫ ނޭޝަންގެ ފުރަތަމަ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް، 100،000 ރ. ގެ ޕްރައިޒް ޕޫލަކާއެކު މިރޭ ބޭއްވި ޚާއްސަ ހަފްލާގައި ވަނީ އިއުލާނުކޮށްފައެވެ. މި ޗެމްޕިއަންޝިޕްގައި ޕަބްޖީ ގެ ސިލްސިލާ މުބާރާތްތަކުގައި ބައިވެރިވެ ލެވަލް މަތިވާވަރަކަށް ފައިސާގެ އިނާމު އިތުރުވަމުން ދާނެއެވެ. ޗެމްޕިއަންޝިޕްގައި ބައިވެރިވާ ފަރާތްތަކުގެ ނަތީޖާއާއި ވަނަ އުރީދޫ ނޭޝަން ލީޑާބޯޑްއިން ފެނިވަޑައިގަންނަވާނެއެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް ކޮމަރޝަލް އޮފިސަރ ޚާލިދު އަލް ޙަމާދީ ވިދާޅުވީ ހަލުވިދުވެއްޔެއްގައި ބަދަލުވަމުން އަންނަ ގޭމިންގ އިންޑަސްޓްރީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ފުރުސަތުތައް ހުޅުވިގެންގޮސްފައި ކަމަށެވެ. އަދި މިއަދު މި ހާސިލްކުރި މުހިންމު ލަނޑުދަނޑިއާއެކު، އައު ފުރުސަތުތަކާއެކު ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
" އުރީދޫ ނޭޝަން ރާއްޖޭގައި ތައާރަފްކުރުމަކީ، މި ދާއިރާގައި ޕްރޮފެޝަނަލް ބަޔަކަށް ވެ، އިތުރު ހަރުފަތަކަށް ވާސިލްވުމަށް، ލޯކަލް ގޭމިންގ ކޮމިއުނިޓީ ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަޅުގަނޑުމެން މިތިބީ މި އިންޑަސްޓްރީގެ އިސް ސަފުގައި ހަރަކާތްތެރިވެ ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ކުރިއެރުމަށް މަގުފަހިކޮށްދިނިމުގެ އަޒުމުގައި." ޚާލިދު އަލް ޙަމާދީ ވިދާޅުވިއެވެ.
ޓެކްނޮލޮޖީއާއެކު ގޭމިންގ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިންޑަސްޓްރީއެކެވެ. ފުރިހަމަ ގޭމިންގ ގެ ތަޖުރިބާއެއް ކުރުމަށް ހަލުވި ސްޕީޑާއެކު ލޭޓެންސީ ދަށް މެދުކެނޑުމެއްނެތް އިންޓަރނެޓަކީ ގޭމަރުންނަށް މުހިންމު އެއްޗެކެވެ. ކްލައުޑް ގޭމިން އަދި އޭއާރް/ވީއާރް ފަދަ ޓެކްނޮލޮޖީތައް ގެ އެހީގައި ފުޅާވެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމުގައި ގޭމިން އިންޑަސްޓްރީ މުހުންމު ރޯލެއް އަދާ ކުރެއެވެ.
ބޭރު ދުނިޔޭގައި ގޭމަރުންނަށާއި އިންޑަސްޓްރީގެ ފަހަތުގައި ހަރަކާތްތެރިވާ އެކު ދާއިރާތަކަށް މިހާރު ތަނަވަސް އާމްދަނީއެއް ހޯދުމުގެ ފުރުސަތުތައް ވެސްވަނީ ހުޅުވިފައެވެ. ގޭމިންނަކީ މިހާރު ހަމައެކަނި މުނިފޫހިފިލުވުން ނުވަތަ ހޮބީއެއް ނޫނެވެ، ޒުވާން ކުދިންނަށް ނިމުމެއް ނެތް ފުރުސަތުތަކެއް ތަނަވަސްކޮށްދޭ އިންޑަސްޓްރީއެކެވެ.
އޭގެ ތެރޭގައި ޑިޒައިނަރުންނާއި ޑިވެލޮޕަރުންނާއި ޕްރޮގްރާމަރުންނާއި އިންޖިނިއަރުންނާއި ޕްރޮފެޝަނަލް ގޭމަރުން އާއި ސްޓްރީމްކުރާ މީހުންނާއި މިނޫން ވެސް ތަފާތު އެކި ދާއިރާތަކުން ކެރިއަރ އެއް ގާއިމްކުރެވޭނެއެވެ.
އުރީދޫގެ އަމާޒަކީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް މި ފުރުސަތުތައް ފަހިކޮށްދީ، އުރީދޫގެ ވަރުގަދަ 4ޖީ އަދި ފުޅާވަމުންދާ 5ޖީ ނެޓްވޯކްގެ ލޯ ލޭޓެންސީ މެދުވެރިކޮށް ފުރިހަމަ ތަޖުރިބާއެއް ފަހިކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް