އަންހެނަކު ކުރި ވަރުގަދަ ޑައިޓަކުން ގިނަ ގުނަވަންތައް ފެއިލްވެ، އައިސީޔޫގައި

ޗައިނާ އަންހެނުންނަކީ ހަށިގަނޑު ލޫޅާފަތިކޮށް ބެހެއްޓުމަށް ކޮށްފަ ނުކުރާނެ ކަމެއް ނޭނގިގެން އުޅޭ ބައެކެވެ. މިފަހަރު އެގައުމުގެ އަންހެނަކަށް އުޅެނީ ރީތި ހަށިގަނޑެއްގެ ވެރިއެެއްގެ ގޮތުގައި ހުންނަން ވެގެނ...

21 Jun 2022 | 14:47

ޗައިނާ އަންހެނުންނަކީ ހަށިގަނޑު ލޫޅާފަތިކޮށް ބެހެއްޓުމަށް ކޮށްފަ ނުކުރާނެ ކަމެއް ނޭނގިގެން އުޅޭ ބައެކެވެ.

މިފަހަރު އެގައުމުގެ އަންހެނަކަށް އުޅެނީ ރީތި ހަށިގަނޑެއްގެ ވެރިއެެއްގެ ގޮތުގައި ހުންނަން ވެގެން ޖެއްސި ޑައިޓަކުން ލަނޑެއް ލިބިގެންނެވެ. އުމުރުން 32 އަހަރުގެ އެ އަންހެން މީހާގެ ދެ ދަރިން އެބަތިއްބެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާއަށް ދެވަނަ ދަރިފުޅު ލިބުމުން ފަލަވާން ފަށައި ބަރުދަން 64 ކިލޯއަށް އެރި އެވެ. އެކަމާ ލަދުން މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ޖައްސަން ފެށި ޑައިޓުން 40 ކިލޯ އަހަރެއް ތެރޭގައި ވަނީ ލުއިކޮށްލާފަ އެވެ.

މިހާރު އެ އަންހެން މީހާގެ ބަރުދަނަކީ 25 ކިލޯ އެވެ. އެކަމާ އުފަލުން އުޅެނިކޮށް ގޮތް ނޭނގޭ އުނދަގޫތަކެއް އެތެރެ ހައްޓަށް ކުރަން ފެށި އެވެ. އެކަމަކު އާއިލާއިން އެދުމުންވެސް އޭނާ ވަނީ ޑޮކްޓަަރަށް ދެއްކުމަށް އިންކާރުކޮށްފަ އެވެ.

އޭނާއަށް ވާ އުނދަގުލަށް ކެތްނުވާކަން އެނގިގެން ގަދަކަމުން ޑޮކްޓަރަށް ދެއްކުމުން މިހާރު އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އަންހެން މީހާއަށް ފަރުވާ ދެމުންދާ ޑޮކްޓަރުން ބުނީ އޭނާ އެޑްމިޓްކޮށްފައި އޮންނަ އިރުވެސް ކާން ދެކޮޅު ހަދައި އޭނާއަށް ލިބިފައިވާ ލޫޅާފަތި ހަށިގަނޑާއި މެދު ފަހުރުވެރިވާކަމަށް ބުނަމުންދާ ކަމަށެވެ.

އަދި އެހާ ވަރަށް ހިކިފައި ހުރުމަކީ ޒުވާންކަން ދެމިހުންނާނެ ކަމެއް ކަމަށް ބުނަމުންދާ ކަމަށެވެ. އަދި ފަރުވާ ނުދިނުމަށްވެސް އެދުނު ކަމަށް ބުންޏެވެ.

އެ ޑޮކްޓަރުން ބުނީ އެ އަންހެން މީހާ މާބޮޑަށް ޑައިޓު ކުރުމުގެ ސަބަބުން ސިނގުޑީގެ މައްސަލަތަކާއި ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ބާރު ކެނޑި ފެއިލްވެފައިވާ ކަމަށެވެ.

އެހެންވެ ހާލަތަށް ބަދަލު އާދޭތޯ ނުވަތަ އެއްކޮށް ރަނގަޅުވަންދެން އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެ ޑޮކްޓަރު ބުނެފައިވެ އެވެ.

އޭނާ ފަރުވާ ކުރުމަށް އެއްބަސްވީ ނުކައި ނުބޮއެ ޖައްސަމުންދާ އެ ޑައިޓުގެ ސަބަބުން އޭނާ މަރުވެދާނެ ކަމަށް ބުނުމުންނެވެ. އާންމުންކޮށް މީހުން ހިކެން ކެއުމަށް ބަދަލު ގެނައި ނަމަވެސް އޭނާ ކެއުމަށް ބަދަލު ގެނައުމުގެ އިތުރުން ތަފާތު ވައްތަރުގެ ބޭސް ބޭނުންކޮށްފައިވެ އެވެ.

ޗައިނާގައި ބޭސް ބޭނުންކޮށްގެން ހިކެން މަސައްކަތް ކުރާ މީހުންގެ އަދަދު ވަރަށް ގިނަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް