ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅު ސާފު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅު ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ކުރަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް ސްޓެލްކޯއިން ނެވެ. މިއީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ ...

21 Jun 2022 | 13:51

ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅު ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ކުރަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް ސްޓެލްކޯއިން ނެވެ. މިއީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރާ މަސައްކަތެކެވެ.

މި މަސައްކަތް ފެށުމަށް މިއަދު ވަނީ ހުކުރު މިސްކިތް ސަރަހައްދުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ. މި ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ މިއީ ސްޓެލްކޯގެ މުވައްޒަފުންގެ ވަރަށް މުހިންމު ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

އެގޮތުން ކުރިމަގުގައި މަހަކު އެއްފަހަރު ހުކުރު މިސްކިތް ސާފުކުރުން ކުރިއަށްގެންދާނެ ކަމަށާއި އަދި އެ ކުންފުނިން މިހާރު ނިންމާފައިވަނީ މާލޭގައި ހުރި އެހެން ބިނާތައްވެސް މިގޮތަށް ސާފުކޮށް ބަލަހައްޓައި ދިނުމަށް ކަމަށް ވިދާޅުވި އެވެ.

ސްޓެލްކޯއިން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރަން ފެށީ2019 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް