ގަލޮޅު ދަނޑުގައި މިއަދު ކުރިއަށްގެންދަން އުޅުނު ޔޯގާ ހަރަކާތް ހުއްޓުވުމުގައި ސިޔާސީ ޕާޓީއެއްގެ އަތެއް ވާނަމަ އެ ޕާޓީއަކާއިމެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
އެ ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ އެކަމާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ޔޯގާ ހަރަކާތުގައި ބައިވެރިވި ސަފީރުންނާއި ޑިޕްލޮމެޓުންނާއި އަދި އާންމުންނާ ދެކޮޅަށް ބިރުވެރިކަން އުފެދޭގޮތަށް ހަމަނުޖެހުން ހިންގައި ބައެއް މީހުންނަށް އަނިޔާކޮށް ތަކެއްޗަށް ގެއްލުންދިން ދިނުން ހިމެނޭހެން އެކަން ކުށްވެރި ކުރާ ކަމަށެވެ.
"ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް އޮތް ކަމަށް ފުލުހުންގެ ތަހުގީގުން ސާބިތުވެއްޖެނަމަ ފިޔަވަޅު އަޅާނަން" އިލެކްޝަންސް އިން ބުނެފައިވެއެވެ.
ޔޯގާ ހުއްޓުވަން އަމަލުކުރި ގޮތް ގޯސްވެ މި މައްސަލަ ވަނީ ހޫނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް