މިއަދު ހެނދުނު ގަލޮޅު ދަނޑުގައި އޮތް ޔޯގާ ހަރަކާތް ހުއްޓުވުމަށް މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ ފުލުހުންނާއި ހިއްސާކޮށް ދިނުމަށް އެދިއްޖެ އެވެ.
ފުލުހުން ބުނ މިއަދު ހެނދުނު ހިންގި އެ ހަމަނުޖެހުންތަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފުލުހުން އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ހިއްސާކޮށްދިނުމަށްއެދޭކަމަށެވެ. ޕޯޓަލް މެދުވެރިކޮށް ވީޑީއިޯ އާއި ފޮޓޯ ހިއްސާ ކުރާ މީހުންގެ ސިއްރު ހިފަހައްޓައިދޭނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވެ އެވެ.
މި މައްސަލައިގަ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޯގާ ހަރަކާތަށް ހުރަސް އަޅައި، ބޭރުގެ ޑިޕްލޮމެޓުންނާއި ސަފީރުންނާއި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލު ކޮށްފައިވާ ކަމަށެވެ. އެ އަމަލުތަކުގައި އެތަނުގައި ތިބި ބައެއް މީހުންނަށް ހަމަލަދީ، ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ޖަރީމާ ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަތައް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުންގެ އިދާރާގެ އެކި ޑިޕާޓްމަންޓްތައް ގުޅިގެން ކުރިއަށް ގެންދާ ކަމަށެވެ.
މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި މިއަމަލު ހިންގަން ބައެއް އާލާތްތައް ނެރެފައިވަނީ ޕީޕީއެމް އޮފީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، ޔޯގާގެ ހަރަކާތުގެ ހަމަނުޖެހުން ހިނގުމަށް މެދުވެރިވި ސަބަބުތައް ބަލައި، ފުލުހުން އިޖާބަދިން ގޮތް "އިންޓާނަލް ރިވިއުއެއް" ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް